ފަށްކުރުމެއް!: އަނބިމީހާ ދުނިޔާގައި އިނަސް، ނެތަސް އަނބިމީހާގެ ގޯސްވާހަކަ އެހެން އަނބިންގެ ގާތުގަ ދެއްކުމަކީ ސުންނަތާ ޚިލާފަށް ކުރެވޭ ނުބައިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ފަށްކުރުމެއް!: އަނބިމީހާ ދުނިޔާގައި އިނަސް، ނެތަސް އަނބިމީހާގެ ގޯސްވާހަކަ އެހެން އަނބިންގެ ގާތުގަ ދެއްކުމަކީ ސުންނަތާ ޚިލާފަށް ކުރެވޭ ނުބައިކަމެއް!

ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ: 

"… وربما ذبح الشاة ثم يقطعها أعضاء، ثم يبعثها في صدائق خديجة “ رواه البخاري

(7/107 – 108).

"އަދި (ބައެއް ފަހަރު) ބަކަރި ކަތިލައްވައި އެބަކަރީގެ ގުނަވަންތައް ވަކިވަކި ކުރެއްވުމަށްފަހު ޚާދީޖާ رضي الله عنها ގެ ރަހުމަތްތެރިންނަށް އެތަކެތި ފޮނުއްވައި ހައްދަވައެވެ". 

މިއާ ޚިލާފަށް، އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރު ހިންގާލުމުން ފެނިގެން ދަނީ މުޅިން އެހެން މަންޒަރެކެވެ. އަނބިމިހާ ދުނިޔެ ދޫކުރުމުން، ލަސްތަކެއް ނުވެ އެހެން މީހަކާ ގިނަ ފިރިހެނުން ކައިވެނި ކުރެއެވެ. އަދި ކުރީގެ އަނބިމީހާގެ ޢައިބުތައް ހަގު އަނބިމީހާ ގާތުގައި ކިޔައެވެ.  

ޚަޖީދާ رضي الله عنها ގެ ހެޔޮ ސިފަތައް ކިޔައިދެއްވައި އޭގެން ޢިބުރަތާއި ހިތްވަރު ލިބިގަތުމަށް ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ދިރިތިއްބެވި އަނބިކަނބަލުންނަށް ނަމޫނާ ބަޔާންކޮށްދެއްވައި  ފިލާވަޅު ނަންގަވައިދެއްވި ގޮތާ މުޅީން ޚިލާފަށް އަޅުގަނޑުމެންގެ ތެރެއިން ގިނައިން ފެންނަނީ ހަގު އަނބި ކައިރީގައި ކުރީގެ އަނބިމީހާގެ ޣީބަ ކިޔައި އެނާގެ އަގުވައްޓާލާތަނެވެ.  

ޚާއްޞަކޮށް ކުރިން ކައިވެނިކޮށްގެން އުޅުނު މީހާ ވަރިކުރުމަށް ފަހު އެހެން މީހަކާ ކައިވެނި ކުރަން އުޅޭ ނުވަތަ ކޮށްގެން އުޅޭ ފަހަރުފަހަރު މިފަދަ ކަންކަން ހިނގާލެއް ގިނައެވެ. މީގެ ސަބަބުން އެކަކު އަނެކެއްގެ ހިތުގައި ބޭކާރު ގޮތުގައި ޙައްޤަކާ ނުލައި ނަފުރަތާއި ރުޅިވެރިކަން އުފެދެއެވެ. އަދި ކުރީގެ ޒާތީ ނުވަތަ އަމިއްލަ ސިއްރު މައްސަލަތައް އޮބިގެން ދިއުމުގެ ބަދަލުގައި އޭގެން އިތުރު ކުރިތައް ފަޅަފަޅައި ހުރެއެވެ. ނުވިތާކަށް، އައު ކައިވެނީގެ މައްޗަށް ލިބޭ ދަރިންނަށްވެސް މީގެ ނޭދެވޭ އަސަރުކޮށް ޢާއިލާތަކުގެ މެދުގައި ޢާދާވާތްތެރިކަން ތާއަބަދަށް އޮވެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. 

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރޟް

 

މިއަދު އޮންލައިން