އަނެކާގެ ހުރި މަތިވެރިކަން ހަމައެކަކަށްވެސް ނުއެނގޭނެ! ތިބާ އެމީހަކަށް ފުރައްސާރަކުރި މީހާއަކީ ﷲ ގެ ޙަޟްރަތުގަ މާލޮބުވެތިކަން ބޮޑު މީހަކަށްވެއްޖެނަމަ ތިބާގެ ޙާލަކީ ކޮބާ؟

ކިޔުމަށް ހޭދަވާނީ 4މ 14ސ
އަނެކާގެ ހުރި މަތިވެރިކަން ހަމައެކަކަށްވެސް ނުއެނގޭނެ! ތިބާ އެމީހަކަށް ފުރައްސާރަކުރި މީހާއަކީ ﷲ ގެ ޙަޟްރަތުގަ މާލޮބުވެތިކަން ބޮޑު މީހަކަށްވެއްޖެނަމަ ތިބާގެ ޙާލަކީ ކޮބާ؟

ޢާއިޝަތު ރަފާޙް ޢަލީ

 

އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ މުސްލިމުންގެ މައްޗަށް އޮތް ވަރަށް މުހިއްމު ކަމެކެވެ.  

ﷲ ތަޢާލާ ޙުޖުރާތު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ ‎﴿١١﴾‏

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. (11) 

މީހުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ވަރަށް ބޮޑު ފާފައެއްވެސްމެއެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

مثلُ المؤمنين في تَوادِّهم ، وتَرَاحُمِهِم ، وتعاطُفِهِمْ . مثلُ الجسَدِ إذا اشتكَى منْهُ عضوٌ تدَاعَى لَهُ سائِرُ الجسَدِ بالسَّهَرِ والْحُمَّى

މާނައީ: މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވުމާއި، ރަޙުމްކުރުމަގައާއި، އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ މުޅި ހަށިގަނޑު އެގުނަވަނާއި ހޭލާ ހުރުމުންނާއި، ހުން އައުމުން ބައިވެރިވެއެވެ. 

ވައްކަންކުރުން ފަދަ ފާފަތައް ކުރެވެނީ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަން ބިރުވެތިނުވެވޭތީއެވެ. ވައްކަންކުރުމުން ޙައްދު ވާޖިބުވާ ޝަރުޠުތައް ފުރިހަމަވާނަމަ އޮތީ އަތްކެނޑުމެވެ.  

އެންމެ ފުރަތަމަ އިސްލާމްދީނުގައި އަތް ކެނޑުމަށް ޙުކުމް އިއްވެވުނީ އަލްޚިޔާރު ބުން އަދިއްޔު ބުން ނައުފަލް ބުން ޢަބްދު މަނާފަށެވެ. އަދި އަންހެނުންގެ ތެރެއިން މަޚްޒޫމީ ދަރިކޮޅުގެ މުއްރަތު ބިންތި ސުފިޔާން ބުން ޢަބްދުލް އަސަދެވެ.

މިއަދު އޮންލައިން