ދީނަށް ނަޞްރުދީ އެކަމުގެ ޘަވާބު ބޭނުންވާނަމަ ބޭކާރު ވާހަކަތައް މަދުކޮށް ދީނަށް ޢަމަލުކުރުން އިތުރުކޮށް ދީނަށް ނަޞްރުދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ދީނަށް ނަޞްރުދީ
އެކަމުގެ ޘަވާބު ބޭނުންވާނަމަ ބޭކާރު ވާހަކަތައް މަދުކޮށް ދީނަށް ޢަމަލުކުރުން
އިތުރުކޮށް ދީނަށް ނަޞްރުދެއްވާ!

ވިސްނަން އޮތް އެންމެ

މުހިންމުކަމަކީ އާޚިރަތް ލިބިގަތުމެވެ. އެކަމަށް އެދޭމީހާ ވާންޖެހޭނީ ޔޯލަވާހަކަތައް ދައްކައި ފެތުރުމުގެ ބަދަލުގައި ތިމާއަށް ފައިދާކުރާނެ އަދި ދީނަށް ކުރިއެރުން ލިބޭނެ ކަންކަން ކުރާ އަދި ފައިދާހުރި ވާހަކަތައް ފަތުރާ މީހަކަށެވެ.

މުސްލިމް އަޚުންނާއި

އުޚުތުންނޭވެ! މިއަދު މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރުމުގެ ނަމުގައި އެއްވެސް ބައަކު ހަތިޔާރު ހިފައިގެން ނުކުމެ އެއްވެސް ހަނގުރާމައެއް ނުކުރާނެއެވެ. ކުރާނީ މާނުރައްކާތެރި ހަނގުރާމައެކެވެ. އެހަނގުރާމައަށް ކިޔަނީ ފިކުރީ ހަނގުރާމައެވެ.

 މިއަދު އެހަނގުރާމަ

މިވަނީ ޢާންމުވެފައެވެ. އެ ހަނގުރާމައިގެ އެންމެ ބޮޑު މައިދާނަކީ ސޯޝަލް މީޑިއާއެވެ. ވީމާ މުސްލިމުން އެމީހުންގެ ދީނުގެ ދިފާޢުގައިވެސް އެންމެ ވަރުގަދައަށް ހަނގުރާމަކުރަންވީ ސޯޝަލް މީޑިއާގައެވެ.

"އޭރުން ﷲ އެއުރެންނަށް ތިއަބައިމީހުންގެ އަތްތަކުން ޢަޒާބު ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިއަބައިމީހުންނަށް، އެއުރެންގެ މައްޗަށް ނަޞްރު ދެއްވާނެތެވެ. އަދި މުއްމިން ބައެއްގެ ހިތްތަކަށް ޝިފާ ދެއްވާނެތެވެ." އޮތުމުން ޔަޤީންވެގެންދަނީ އިސްލާމް ދީނުގެ ދިފާޢުގައި މަސައްކަތްކުރުމުން ﷲ ތަޢާލާ ނަޞްރު ދެއްވަވާނެ ކަމެވެ. ޢަދާވާތްތެރިން ގަދަ ބަލިން ބަލިކުރައްވަވާނެ ކަމެވެ. އަދި އެކަމުގެ ސަބަބުން މުއްމިނުންގެ ހިތްތައްތަކަށް ޝިފާ ދެއްވަވާނެ ކަމެވެ. ހަމަޖެހުން ދެއްވަވާނެ ކަމެވެ.

ވީމާ ކޮފީ މޭޒުތަކުގައި ވެސް ދައްކަންވީ އިސްލާމް ދީނަށް ނަޞްރު ދިނުމުގެ ވާހަކައެވެ. އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލާ ކޮންމެ މީހަކާއި އިސްލާމް ދީނުގެ ދިފާޢުގައި ވަކާލާތުކުރަން ޖެހޭނެއެވެ. ސޯޝަލްމީޑިއާ ބޭނުންކުރާ ކޮންމެ މީހަކުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އިސްލާމް ދީން މަތިވެރިކުރަން ކުރަން ހުރި މަސައްކަތްތައް ކުރުމަށެވެ. އެމީހަކަށް ކުރެވުނު ކަމެއް ކުރުމަށެވެ. އަމިއްލައަށް ބަސްބުނަން ނުއެނގޭ މީހުން އެނގޭ މީހުން ބުނެފައި ހުންނަ ބަސްތައް ރީޓްވީޓްކުރާށެވެ!

އިސްލާމް ދީން މަތިވެރިކުރުމަށް ކިތަންމެ ކުޑަ މަސައްކަތެއް ކުރި މީހަކަށްވެސް އެކަމުގެ ސަވާބު ދެއްވަވާނެތެވެ. ހަމަ އެއާއިއެކު މި ދެ އާޔަތުން އެނގިގެންދަނީ "ކަލޭމެން އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް ﷲ ތަޢާލާ އެކަލާނގެ ދީން މަތިވެރި ކުރައްވަވާނެ" ކަމަށް ބުނެ އިސްލާމް ދީން މަތިވެރިކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އަޅަން ކުރާ ކަންކަން ބަލައި ގަތުމެއް ނެތްކަމެވެ. އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރުމަށް ﷲ ތަޢާލާ އަނގްވާފައިވާތީއެވެ! 

"އެއުރެންގެ ހުވާތައް އުވާލައި، ރަސޫލާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބައަކާ ތިއަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިއަބައިމީހުންނަށް ޙަމަލާ ދިނީ އެއުރެންނެވެ. ތިއަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ތިއަބައިމީހުން ބިރުވެތިވުން ޙައްޤުކަން ބޮޑީ، ﷲ އަށެވެ." (ތއުބާ: 13) 

"ތިއަބައިމީހުން އެއުރެންނާ ހަނގުރާމަކުރާ ހުށިކަމެވެ! އޭރުން ﷲ އެއުރެންނަށް ތިއަބައިމީހުންގެ އަތްތަކުން ޢަޒާބު ދެއްވާނެތެވެ. އަދި އެއުރެން ނިކަމެތި ކޮށްލައްވާނެތެވެ. އަދި ތިއަބައިމީހުންނަށް، އެއުރެންގެ މައްޗަށް ނަޞްރު ދެއްވާނެތެވެ. އަދި މުއްމިން ބައެއްގެ ހިތްތަކަށް ޝިފާ ދެއްވާނެތެވެ." (ތައުބާ: 14) 

އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ މީހުން ހިތްވަރު ލިބިގަންނަންވީ މި 2 އާޔަތުންނެވެ. މިއަދު ޤައުމުތަކުން ބޭރުކުރާނެ ރަސޫލުބޭކަލުންނެއް ނެތެވެ. މިއަދު އެމީހުން މަސައްކަތްކުރަނީ މުސްލިމުން އެމީހުންގެ ދީނުން ބޭރުކުރުމަށެވެ. އެކަން ކުރަން އެމީހުން ކުރާ ކޮންމެ މަސައްކަތަކީ މުސްލިމުންނަށް އެމީހުން ދެމުން ގެންދާ ހަމަލާތަކެވެ. 

ފުރަތަމަ ޢާޔަތަށް ވިސްނައިލާށެވެ. "ތިއަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިއަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ތިއަބައިމީހުން ބިރުވެތިވުން ޙައްޤުކަން ބޮޑީ، ﷲ އަށެވެ." ކަމަށް އޮތުމުން މުސްލިމުން ބިރުގަންނަންވީ ޑިމޮކްރަސީ ކޮނޑުޖަހައިގެން ބަހަމުން ގެންދާ މީހުންނަކަށް ނޫނެވެ. މުސްލިމުން ބިރުގަންނަންވީ ﷲ ތަޢާލާއަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން