ސެޓިފައިޑް ޓްރެއިނަރ ކޯސް – 16 ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސެޓިފައިޑް ޓްރެއިނަރ ކޯސް – 16 ފަށައިފި

ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ ސެޓިފައިޑް ޓްރެއިނަރ ކޯހުގެ 16 ވަނަ ބުރު ފަށައިފިއެވެ. މި ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި، ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުގައި ގާބިލު މުދައްރިބުން އުފެއްދުމަށް ކުރިއަށްގެންދާ ކޯހެކެވެ.

މިމަހުގެ 5 އިން 17އަށް މާލޭގައި ކުރިއަށްގެންދާ މި ކޯހަކީ، ކިޔަވައިދިނުމުގެ އުކުޅުތަކަށް މުދައްރިބުން އަހުލުވެރިކުރުވައި، ފިލާވަޅުތައް ފަރުމާކުރުމާއި، ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މި ކޯހުގައި، މުއާމަލާތުކުރުމުގެ ހުނަރުތައް ތަރައްގީކުރުމާއި، ކިޔަވައިދިނުމުގެ އުކުޅުތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅާފައިވެއެވެ. މިކަމުގެ ސަބަބުން، ފެންވަރު ރަނގަޅު ތަމްރީނުތަކެއް ފޯރުކޮށްދޭނެ ގާބިލު އަދި ހުނަރުވެރި، ޕްރޮފެޝަނަލް މުދައްރިބުންތަކެއް އުފެދިގެންދާނެއެވެ.

މި ކޯހުގައި “އެކްސްޕީރިއެންޝަލް ލާނިންގ، ކޮމިއުނިކޭޝަން ސްކިލްސް، މެނޭޖިންގ ގްރޫޕްސް އިން ޓްރެއިނިންގ، ޑިޒައިނިންގ އަ ޓްރެއިނިންގ ސެޝަން، ޕްރެޒެންޓޭޝަން އެންޑް ޑެލިވަރީ ސްކިލްސް އަދި ކްލޯޒަރ އެންޑް އިވެލުއޭޝަން” ފަދަ ބައިތަކުން ތަމްރީނުދޭނެއެވެ. މި ކޯހުގައި، 15 ފުލުހުންނާއި ކަސްޓަމްސްގެ ދެ މުވައްޒަފުން ބައިވެރިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން