ފިރިމީހާ ގާތުގަ ހެނދުނު ވާހަކައެއް ބުނެވޭނެ ގޮތެއް ހޯދަން ފިރިމީހާގެ ބޫޓުގެ އެއްކިބަ ފޮރުވަން ފެށުމުން މައްސަލަ ޙައްލުވި ދެމަފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފިރިމީހާ ގާތުގަ ހެނދުނު ވާހަކައެއް ބުނެވޭނެ ގޮތެއް ހޯދަން ފިރިމީހާގެ ބޫޓުގެ އެއްކިބަ ފޮރުވަން ފެށުމުން މައްސަލަ ޙައްލުވި ދެމަފިރިއެއްގެ ވާހަކަ-

އެއީވެސް ޒުވާން ދެމަފިރިންނެވެ. ފިރިމީހާގެ ގާތުގައި ހެނދުނު ވާހަކައެއް ބުނަންވެއްޖެނަމަ ކޮންމެވެސް ގޮތަކުން އޮފީހަށް ދިއުން ލަސްކުރުވަންޖެހޭތީ ކޮންމެ ދުވަހަކު ބޫތުގެ އެއްކިބަ ފޮރުވަންޖެހުނު ދުވަސްތަކެއްވެސް ދިއައެވެ. އެކަން ކުރަން ފެށުމުން ސައިބޯން އިނދެގެން ފުރަތަމަވެސް ކުރާ ސުވާލަކީ ކޮބާ މިއަދު ބޫޓުގެ 2 ކިބަ ހަމަވާނެތޯއެވެ؟  

އޭނާ އަނބިމީހާއަށް އެދެނީ ބުނަން ބޭނުންވާ ވާހަކައެއް ބުނުމުގެ ފުރުޞަތެވެ. އެކަމުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ އޮފީހަށް ދިއުމުގެ ކުރިން އަނބިމީހާއާއި ވާހަކަދައްކާލަން ޖެހޭކަން އޭނާ ޤަބޫލުކުރާ ކަމެވެ. ބޫޓުކިބަ ފޮރުވަން ޖެހުމުގެ މައްސަލަ ޙައްލުކުރަންޖެހޭކަން އޭނާ ޤަބޫލުކުރާ ކަމެވެ. 

މިޘާލަކަށް ބުނާނަމަ ބޫޓުގެ އެއްކިބަ ފޮރުވީމަ ރުޅިއައުދެވިދާނެއެވެ. ފިރިމީހާއަކީ ވިސްނޭ މީހަކަށްވާތީ އޭނާ ރުޅި ނައީއެވެ. އެއީ ރުޅިއައުމަކީ އެއްވެސް ކަމެއް ޙައްލުކުރެވޭނެ ގޮތް ނޫންކަމާއި ކަންކަން ޙައްލުކުރެވޭނީ ތިމާގެ ކުށް ޤަބޫލުކޮށް އިޞްލާޙްކޮށްގެންކަމަށް  ޤަބޫލުރާތީއެވެ.  

ދެމަފިރިންކަމަށްވިޔަސް އަނެކާއަށް މެސެޖުތައްދޭން ބޭނުންކުރާނީ އެއްއުކުޅުތަކެއް ނޫނެވެ. ތަފާތު ގޮތްތަކަށް ޢަމަލުކުރާނެއެވެ. ވީމާ ކައިވެނިކުރުމަށްފަހު އަނެކާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭނެ ގޮތް ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.   

- މިއަދުނޫޙުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން