ކަނބަލުންނަށް ޚާއްޞަ-: ބައަކު ކިޔާ ފާޑަށް އަޅައިވެސް ނުލައި ﷲ ގެ މަގުގަ ޘާބިތުވެވިއްޖެނަމަ މަލާއިކަތުންގެ ތަޢްރީފް ހުންނާނީ ލިބިލިބި! އެއަށްވުރެ ބޮޑު މަތިވެރިކަމަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކަނބަލުންނަށް ޚާއްޞަ-: ބައަކު ކިޔާ ފާޑަށް އަޅައިވެސް ނުލައި ﷲ ގެ މަގުގަ ޘާބިތުވެވިއްޖެނަމަ މަލާއިކަތުންގެ ތަޢްރީފް ހުންނާނީ ލިބިލިބި! އެއަށްވުރެ ބޮޑު މަތިވެރިކަމަކީ ކޮބާ؟

ގިނަ ބައަކު ނުބައި މަގުތަކުން ދިއަ ނަމަވެސް، އެކުވެރިން ގެންގުޅުމުގެ ނަމުގައި އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ކުރިނަމަވެސް އަންހެނުންގެ ތެރޭގައިވެސް އެކަނބަލުންގެ ދަރަޖައާއި ޢިއްޒަތާއި ކަރާމާތް ހިފަހައްޓަން މަސައްކަތްކުރާ ބައަކުވެއެވެ.  

އެކަނބަލުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ އަގު ބޮޑު ނިޢުމަތަކީ އެމީހުންގެ ހަށިގަނޑުކަމާއި އެކަނބަލުންގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެމީހުންގެ ހަށިގަނޑުކަން އެކަނބަލުންނަށް އެނގެއެވެ. އެހެންވެ އެކަނބަލުންގެ ހަށިގަނޑު ﷲ ތަޢާލާ އަންގަވާފައިވާ މަގުން ރައްކައުތެރިކުރަން އެކަނބަލުން މަސައްކަތްކުރާނެއެވެ. އެކަނބަލުންނަށް މަލާއިކަތުންގެ ތަޢްރީފް ލިބިލިބި ހުންނާނެއެވެ. ވީއިރު ބަޔަކު ދައްކާ ވާހަކަތަކަށް ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟  

އެކަން އެގޮތަށް ކުރުމުން އެކަނބަލުންގެ ކިބައިން ތިމާމެންގެ ބޭނުންތައް ނުފުދޭތީ އެކަނބަލުން ދެރަކޮށް ނިކަމެތިކޮށް ހިތްވަރު އެލުވަން މަސައްކަތްކުރާ ޝައިޠޯނުންތަކެއްވެއެވެ. އެމީހުން އެކަނބަލުންނަށް ނިކަމެތި ބަސްތައް ބުނާނެއެވެ. އެގޮތަށް ބުނަމުން ގޮސް އެކަނބަލުންނަކީ ފުރިހަމަ އަންހެނުން ނޫންކަމަށްވެސް ބުނާނެއެވެ.  

ލޮބުވެތި ކަނބަލުންނޭވެ! އެފަދަ ޝައިޠޯނުންގެ ދަލުގައި ނުޖެހޭށެވެ! ތިމާއަކީ އެންމެ ފުރިހަމަ އަންހެނެއްގެ ގޮތުގައި ޘާބިތުވާށެވެ! އެންމެ ފުރިހަމަ އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ވެވޭނީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެގެންނެވެ. ނޫންނަމަ އެމީހަކީ އެއްވެސް އަގެއް ހުރި މީހުންނެއް ނޫނެވެ.  

އެންމެ ފުރިހަމަ އަންހެނަކީވެސް އަދި ފިރިހެނަކީވެސް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބިގަނެވޭ މީހުންނެވެ. ޢަރުޝީގެ ހިޔާވަހިކަން ދެއްވަވާނެ އެކަކީ ޢިއްފަތްތެރިކަން ޙިމާޔްތްކުރާ މީހުންނެވެ. އެކަން ޙާޞިލުކުރެވޭނީ ތިމާގެ ހަށިގަނޑަށް ރައްކައުތެރިވެވިގެންނެވެ. ވީމާ ބައަކު ބުނާ ވާހަކައަކަށް ކަންބޮޑުނުވާށެވެ! ތިމާގެ ހަށިގަނޑު ޙިމާޔަތްކުރުމުގައި ޘާބިތުވާށެވެ! އެއިރުން ލިބެން އުފާވެރިކަން މާބޮޑެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން