ތުލުސްދޫގައި ހުންނަ ކޮކާކޯލާ ފެކްޓްރީއަށް ޒިޔާރަތްކޮށް ވަޒީފާގެ މައިދާން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތުލުސްދޫގައި ހުންނަ ކޮކާކޯލާ ފެކްޓްރީއަށް ޒިޔާރަތްކޮށް ވަޒީފާގެ މައިދާން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިންތިޒާމުކުރާ "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް" ގެ ދަށުން، ކ. ތުލުސްދޫގައި ހުންނަ މޯލްޑިވްސް އެއިރޭޓަޑް ވޯޓާ ކޮމްޕެނީ (ކޮކާކޯލާ ފެކްޓްރީ) އަށް ކުރާ ފީލްޑް ވިޒިޓްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ދަތުރު ކުރިއަށްދާނީ މި ޖުލައި މަހުގެ 11 ވާ ބުރާސްފަތި ދުވަހުއެވެ. މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 9 ވާ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު އޮތީ އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިއުލާނުގައިވާ ކިއުއާރް ކޯޑް (QR Code) ސްކޭން ކޮށްގެން ނުވަތަ ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މިފަދަ ފުރުސަތުތަކަކީ ޒުވާނުންގެ ހުނަރު ތަރައްގީކޮށް، މުސްތަގުބަލުގައި ވަޒީފާގެ މައިދާނަށް ނުކުތުމަށް އެހީތެރިވެދޭނެ މުހިންމު ފުރުސަތުތަކެކެވެ.

މިނިސްޓްރީން ދަނީ ޒުވާނުންނަށް އެކި ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓްރީގެ އަމާޒަކީ ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ތަރައްގީކޮށް، މުސްތަގުބަލާ މެދު ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވެދިނުމެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން