ރާއްޖޭގައި އަހަރަކު 5 ލައްކަ ޓަނުގެ ކުނި އުފައްދާ: މެނޭޖުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރާއްޖޭގައި އަހަރަކު 5 ލައްކަ ޓަނުގެ ކުނި އުފައްދާ: މެނޭޖުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!

ދިވެހިރާއްޖޭގައި އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު 5 ލައްކަ ޓަނަށްވުރެ އިތުރުވެފައިވާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމެންޓް އެންޑް ޕޮލިއުޝަން އަޙުމަދު މުރުތަޟާ ވިދާޅުވީ، ރާއްޖޭގައި މިހާރު އަހަރެއްގެ މައްޗަށް އުފެދޭ ކުނީގެ މިންވަރު 517،000 ޓަނަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުނި މެނޭޖުކުރުމުގައި ރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މުރުތަޟާ ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ ހޭދަ ނިސްބަތުން ވަރަށް ބޮޑެވެ. "ރާއްޖޭގައި ޖިއޮގްރަފީ މިއޮންނަގޮތުން ބަރޯސާވާން އެބަޖެހޭ އެއްގަމު ޓްރާންސްޕޯޓާ މެރިން ޓްރާންސްޕޯޓަށް. އެއީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން،" އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ކުނި އުފުލުމަށްޓަކައި ކަނޑުމަގުން ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ހަރަދެއް ހިނގާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުނި އުފެދޭ މިންވަރު މަދުކުރުމަށް މިހާތަނަށް އެދެވޭ ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަންވެސް މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ދަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ އާ މަޝްރޫއުތަކެއް ރާވައި ހިންގަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވުޒާރާއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރަށްތަކުގައި އުފެދޭ ކުނި އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ނައްތާލެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

މިއަދު އޮންލައިން