ޢާއިޝަތު ރަފާޙް ޢަލީ
ހާސްކަމެއް އަދި ކަންބޮޑުވުމެއް ނުވާނޭ ގޮވައްޗަކީ އާޚިރަތުގެ ގޮވަތިކަން މުއުމިނާއަށް އެނގިގެންދާނެއެވެ. މުއުމިނުން ސުވަރުގެއަށް ވަންނަ ހިނދު، އެބައިމީހުން ބުނާނޭ ބަސްފުޅެއް ﷲ ތަޢާލާ ވަނީ ބަޔާންކުރައްވާފައެވެ:
ފާޠިރް ސޫރަތުގެ 34 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنَّا الْحَزَنَ ۖ
حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، ތިމަންމެންގެ ކިބައިން ހިތާމަތައް ފިއްލެވި ރަސްކަލާނގެއެވެ.
އެހެންކަމުން، މުޅި ދުނިޔެއަކީވެސް ހިތާމައެކެވެ. އަދި މާލިކު އިބްނު އައްރައިބު ވިދާޅުވެފައިވާ ފަދައިން، އެއީ ހިތާމައިގެ ތެރެއިން އުފަންވެފައިވާ ތަނެކެވެ. (ޅެންބައިގެ މާނަ: ދުނިޔެ އުފެދިފައިވަނީ ކަޅުކަމާއި ހިތާމައިގެ ތެރެއިންނެވެ. އެހެންނަމަވެސް ތިބާ އެދެނީ އެއްވެސް ކުންޏެއް، ހިތާމައެއް އަދި ވަހުމެއް ނެތް ސާފު ތަނަކަށް އެތަން ވުމަށެވެ.) ސުވަރުގެއަށް ބަލާއިރު، އެތަނުގައި އެއްވެސް ހިތާމައެއް، ފިކުރެއް އަދި ދެރަވުމެއް ނުވެއެވެ."
ހިތާމަވެރި ވަގުތުގައި ކުރާނެ ބައެއް ދުޢާ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އަންގަވާފައެވެ.
اللهمَّ إني عبدُك وابنُ عبدِك وابنُ أَمَتِك ناصيتي بيدِك ماضٍ فيَّ حكمُك عَدْلٌ فيَّ قضاؤُك أسألُك بكلِّ اسمٍ هو لك سميتَ به نفسَك أو أنزلتَه في كتابِك أو علَّمتَه أحدًا مِنْ خلقِك أو استأثرتَ به في علمِ الغيبِ عندَك أنْ تجعلَ القرآنَ ربيعَ قلبي ونورَ صدري وجلاءَ حُزْني وذَهابَ هَمِّي
މާނައީ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމުއެވެ. އިބަ އިލާހުގެ ފިރިހެން އަޅެއްގެ ދަރިއަކީމުއެވެ. އިބަ އިލާހުގެ އަންހެން އަޅެއްގެ ދަރިއަކީމުއެވެ. މިއަޅާގެ ލަގަން ވަނީ އިބަ ﷲގެ އަތްޕުޅުގައެވެ. އިބަ ﷲ ގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲގެ ނިޔާ މިއަޅާ އާއި މެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲ ގެ އަމިއްލަ ޛާތުފުޅަށް އިބަ ﷲ ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ފޮތުގައި އިބަ ﷲ ބާވައިލައްވާފައިވާ ނުވަތަ އިބަ ﷲ މަޚްލޫގުންގެ ތެރެއިން މަޚްލޫގަކަށް އިބަ ﷲ އުނގަންނަވައި ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަ ﷲ ޚާއްސަކުރައްވާފައިވާ އިބަ ﷲ ގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް މިއަޅާގެ ހިތުގެ ބަހާރުކަމުގައްޔާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައްޔާއި، މިއަޅާގެ ހިތާމަ ފިއްލަވާ ޒަރިއްޔާ ކަމުގައްޔާއި، އަދި މިއަޅާގެ ފިކުރު ބޮޑުކުރުން ދުރުކޮށްދޭ ޒަރިއްޔާ ކަމުގައި ޤުރްއާން ލައްވާދެއްވުމަށް އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ."
- ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް