ހުރިހާ ކަމަކަށް ފުދޭ އެންމެ ދުޢާއެއް: ޑރ. އުމަރް ސުލައިމާން

ކިޔުމަށް ހޭދަވާނީ 10މ 42ސ
ހުރިހާ ކަމަކަށް ފުދޭ އެންމެ ދުޢާއެއް: ޑރ. އުމަރް ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑު ތިޔަބޭފުޅުންނަށް، اللَّه سُبْحَانَهُ وَتَعَالَىٰ ގެ ހަޟްރަތުން އެދެން ބޭނުންވާ ހުރިހާ ކަމެއް މަދު ޖުމްލަކޮޅެއްގެ ތެރޭގައި ފުރިހަމައަށް އެކުލެވިގެންވާ، ހުރިހާ ކަމަކަށް ފުދޭފަދަ އެންމެ ދުޢާއެއްގެ ވާހަކަ ބުނެދީފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟  

حَدَّثَنَا الصَّلْتُ بْنُ مُحَمَّدٍ، قَالَ‏:‏ حَدَّثَنَا مَهْدِيُّ بْنُ مَيْمُونٍ، عَنِ الْجُرَيْرِيِّ، عَنْ جَبْرِ بْنِ حَبِيبٍ، عَنْ أُمِّ كُلْثُومِ ابْنَةِ أَبِي بَكْرٍ، عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ‏:‏ دَخَلَ عَلَيَّ النَّبِيُّ صلى الله عليه وسلم وَأَنَا أُصَلِّي، وَلَهُ حَاجَةٌ، فَأَبْطَأْتُ عَلَيْهِ، قَالَ‏:‏ يَا عَائِشَةُ، عَلَيْكِ بِجُمَلِ الدُّعَاءِ وَجَوَامِعِهِ، فَلَمَّا انْصَرَفْتُ قُلْتُ‏:‏ يَا رَسُولَ اللهِ، وَمَا جُمَلُ الدُّعَاءِ وَجَوَامِعُهُ‏؟‏ قَالَ‏:‏ قُولِي‏:‏ اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ‏.‏ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمُ‏.‏ وَأَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ‏.‏ وَأَسْأَلُكَ مِمَّا سَأَلَكَ بِهِ مُحَمَّدٌ صلى الله عليه وسلم، وَأَعُوذُ بِكَ مِمَّا تَعَوَّذَ مِنْهُ مُحَمَّدٌ صلى الله عليه وسلم، وَمَا قَضَيْتَ لِي مِنْ قَضَاءٍ فَاجْعَلْ عَاقِبَتَهُ رُشْدًا‏.‏ 

ހަދީޘްގެ ދިވެހި ތަރުޖަމާ:

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ:

"ތިމަންކަމަނާ ނަމާދުކުރައްވަން އިންނަވަނިކޮށް، ނަބިއްޔާ صلى الله عليه وسلم ތިމަންކަމަނާގެ އަރިހަށް ވެދެވަޑައިގަތެވެ. އެކަލޭގެފާނު ބޭނުންފުޅުވެލައްވާ ކަމެއް އޮތެވެ. ނަމަވެސް ތިމަންކަމަނާ (ނަމާދުގައި އިންނެވުމުގެ ސަބަބުން) އިޖާބަދިނުން ލަސްވެއްޖެއެވެ.

އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: 'އޭ ޢާއިޝާއެވެ! މާނަ ފުރިހަމަ ޖާމިޢު ދުޢާތައް ތިބާ ކުރާށެވެ.

ތިމަންކަމަނާ ނަމާދު ނިންމެވުމަށްފަހު ދެންނެވީމެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! ކުރުވެފައި، މާނަ ފުރިހަމަ ޖާމިޢު ދުޢާތަކަކީ ކޮބައިތޯއެވެ؟'

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: 'ތިބާ މިފަދައިން ކިޔާށެވެ

اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ‏.‏ وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمُ‏.‏ وَأَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ‏.‏ وَأَسْأَلُكَ مِمَّا سَأَلَكَ بِهِ مُحَمَّدٌ صلى الله عليه وسلم، وَأَعُوذُ بِكَ مِمَّا تَعَوَّذَ مِنْهُ مُحَمَّدٌ صلى الله عليه وسلم، وَمَا قَضَيْتَ لِي مِنْ قَضَاءٍ فَاجْعَلْ عَاقِبَتَهُ رُشْدًا‏.

"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހުރިހާ ހެޔޮކަމަކަށް، އޭގެ ތެރެއިން (ދުނިޔޭގައި) ލިބެންހުރި ހެޔޮކަމާއި، (އާޚިރަތުގައި) ލިބެންހުރި ހެޔޮކަމަށް، ތިމަންކަމަނާއަށް އެނގިފައިވާ ހެޔޮކަމާއި އަދި ނޭނގޭ ހެޔޮކަމަށްވެސް އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. އަދި ހުރިހާ ނުބައިކަމަކުން، އޭގެ ތެރެއިން (ދުނިޔޭގައި) ކުރިމަތިވާ ނުބައިކަމާއި، (އާޚިރަތުގައި) ކުރިމަތިވާ ނުބައިކަމުން، ތިމަންކަމަނާއަށް އެނގިފައިވާ ނުބައިކަމާއި އަދި ނޭނގޭ ނުބައިކަމުންވެސް އިބަ އިލާހުގެ ރައްކާތެރިކަމަށް އެދެމެވެ. 

އަދި އިބަ އިލާހުގެ ޙަޟްރަތުން ސުވަރުގެއަށް އެދެމެވެ. އަދި ސުވަރުގެއާ ކައިރިކޮށްދޭނޭ ބަހަކަށް ނުވަތަ ޢަމަލަކަށްވެސް އެދެމެވެ. އަދި ނަރަކައިންނާއި، ނަރަކައާ ކައިރިކޮށްދޭނޭ ބަހަކުން ނުވަތަ ޢަމަލަކުން އިބަ އިލާހުގެ ރައްކާތެރިކަމަށް އެދެމެވެ.

އަދި މުޙައްމަދު صلى الله عليه وسلم އިބަ އިލާހުގެ ޙަޟްރަތުން އެދިވަޑައިގަތް ހުރިހާ ހެޔޮކަމަކަށް އެދެމެވެ. އަދި މުޙައްމަދު صلى الله عليه وسلم އެކަންކަމުން ރައްކާތެރިކަމަށް އެދިވަޑައިގަތް ހުރިހާ ނުބައިކަމަކުން އިބަ އިލާހުގެ ރައްކާތެރިކަމަށް އެދެމެވެ. އަދި ތިމަންކަމަނާއަށް އިބަ އިލާހު މިންވަރުކުރެއްވި ކޮންމެ ނިންމެވުމެއްގެ ނަތީޖާއަކީ ހެޔޮ ތެދުމަގެއް ކަމުގައި ލައްވާށިއެވެ!" 

(މި ހަދީޘަކީ އިމާމް އަލްބުޚާރީ އެކަލޭގެފާނުގެ "އަލްއަދަބުލް މުފްރަދު" ގައި ރިވާކުރައްވާފައިވާ ޞައްޙަ ހަދީޘެކެވެ.)

 

- ޑރ. ޢިުމަރު ސުލައިމާނުގެ ދަރުސަކުން

 

 

މިއަދު އޮންލައިން