ޙައްޤު ބަސް ފެތުރުމަށް އިލްތިމާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ޙައްޤު ބަސް ފެތުރުމަށް އިލްތިމާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޙައްޤު ބަސް ފެތުރުމަށާއި، ރީތިކޮށް މުޚާޠިބުކުރުމަށާއި، ތިމާ އާއި އަނެކުންގެ މިއަދާއި މާދަމާއަށް ފައިދާވާނޭފަދަ ރަނގަޅު ވާހަކަތާކާއި ފިކުރުތައް ފެތުރުމަށް ދިވެހި ލިޔުންތެރިންނަށް އިލްތިމާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ، އިސްލާމްދީނަކީ އުނގަންނައިދިނުމާއި ތެދު މަޢުލޫމާތު ފެތުރުމާއި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއްކަން ފާހަގަކުރައްވާފައެވެ. ދިވެހި ލިޔުންތެރިން ވާން ޖެހޭނީ، ޤައުމު އެބަޔަކާމެދު ފަޚުރުވެރިވާނޭ އަދި މި ޤައުމަށް ފާގަތިކަން ލިބޭނޭ ގޮތަށް ލިޔާ، އަމާނާތްތެރި ބަޔަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހާރާއި މިހާރުގެ ދިވެހި ލިޔުންތެރިންގެ މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދިވަޑައިގެން އެމަނިކުފާނު ދުޢާކުރައްވާފައިވެއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަން ކުރިއެރިވުމަށް މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ.މި އަހަރުގެ ލިޔުންތެރީންގެ ދުވަހަށް ކަނޑައަޅުއްވާފައިވަނީ، "އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ!" މި ޝިޢާރެވެ.

މިއަދު އޮންލައިން