އުރީދޫ އެޕްގެ އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާނެ ދުވަސް އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ ގޮތް ހަދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
އުރީދޫ އެޕްގެ އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާނެ ދުވަސް އަމިއްލައަށް އިޚްތިޔާރު ކުރެވޭނެ ގޮތް ހަދައިފި

އުރީދޫ މޯލްޑިވްސްއިން އުރީދޫ އެޕްގައި ހިމެނޭ "އޮޓޯޕޭ" ފީޗާ މެދުވެރިކޮށް، ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި، ޕްރީޕެއިޑް ރީޗާޖްކުރުމާއި ނުވަތަ އެޑް-އޯންތައް ގަނެވޭނެ ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދީފިއެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި ރައްކާތެރިކަމާއެކު އޮޓޮމެޓިކުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިދީ، މެދުކެނޑުމެއްނެތި ޚިދުމަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.

މި އާ ފީޗާގެ ސަބަބުން މުސާރަ ލިބޭ ދުވަހާ ދިމާކޮށް ނުވަތަ މަހުގެ ބަޖެޓާ އެއްގޮތަށް، ކަސްޓަމަރަށް އެންމެ ފަސޭހަ ތާރީޚެއްގައި ފައިސާ ދެއްކުމަށް އޮޓޯޕޭ ސެޓްކޮށްލެވޭނެއެވެ. މިއާއެކު، ކޮންމެ މަހަކު އަމިއްލައަށް ފައިސާ ދެއްކުމުގެ ބަދަލުގައި އޮޓޮމެޓިކުން މުޢާމަލާތްތައް ނިންމާލަދޭނެތީ، ބިލް ނުދެއްކިގެން ޚިދުމަތް މެދުކެނޑުމުގެ ބިރު ކަސްޓަމަރުންނަށް ނޯންނާނެއެވެ.

އޮޓޯޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް އެމީހުންގެ ކާޑުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، އުރީދޫ އެޕް މެދުވެރިކޮށް ގަވާއިދުން ކުރަންޖެހޭ މުޢާމަލާތްތައް ތާވަލުކުރެވޭނެއެވެ. މި ފީޗާގެ ދަށުން މަހުން މަހަށް ދައްކަންޖެހޭ ބިލްތަކާއި، ޕްރީޕެއިޑް ރީޗާޖްތަކާއި، އަދި އެޑް-އޯންތައް ގަތުން ފަދަ ތަފާތު ކަންކަމަށް އޮޓޯޕޭ ސެޓްކުރެވޭނެއެވެ. އަދި މި ހުރިހާ ކަމެއްވެސް އުރީދޫ އެޕް މެދުވެރިކޮށް ބަލަހައްޓައި ބަދަލުތައް ގެނައުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދެއެވެ.

އޮޓޯޕޭ ސެޓްއަޕް ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކޮންމެ މުޢާމަލާތެއް ކުރާއިރުވެސް ކަސްޓަމަރު ބޭނުންވާ ކާޑެއް ސޭވްކޮށްލެވޭނެއެވެ. އެއަށްފަހު، އުރީދޫ އެޕްގެ "މޯ" މެނޫއިން "އޮޓޯޕޭ" ބަޔަށް ގޮސް، އޮޓޮމެޓިކުން ފައިސާ ދައްކަން ބޭނުންވާ ޚިދުމަތް ޚިޔާރުކޮށް، އެންމެ އެކަށީގެންވާ ދުވަސް ކަނޑައެޅޭނެއެވެ.

ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމާއި ބާރުވެރިކަން ލިބޭނެ ފަދަ ޚިދުމަތްތަކާއި ފީޗާތައް ތަޢާރަފުކުރަމުންނެވެ. މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް، އުރީދޫގެ ވަރޗުއަލް އެސިސްޓަންޓް "އެވީ" އާ ޗެޓް ކުރެވޭނެއެވެ.

މިއަދު އޮންލައިން