"މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން ކާނާގެ ރައްކާތެރިކަމާއި އިގްތިސޯދީ ތަނަވަސްކަން ކަށަވަރުވެގެންދާނެ"

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
"މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން ކާނާގެ ރައްކާތެރިކަމާއި އިގްތިސޯދީ ތަނަވަސްކަން ކަށަވަރުވެގެންދާނެ"

މަސްވެރިކަމުގައި އައު އީޖާދީ ވަސީލަތްތައް ބޭނުން ކުރުމުން މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި އިގްތިސޯދީ ތަނަވަސްކަން ކަށަވަރުވެގެންދާނެ ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް މިހެން ވިދާޅުވީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުން އިފްތިތާހް ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވަނީ ރާއްޖެއަށް ވަޑައިގެންނެވި މަންދޫބުންނަށް މަރުޙަބާ ދަންނަވައި، ސަރަޙައްދީ އެއްބާރުލުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، އައު އީޖާދީ ގޮތްތައް ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިކަންކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއާއި، އިޤްތިޞާދީ ތަނަވަސްކަން ކަށަވަރުކޮށްދޭ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުވުމުގައި، ސާކުގެ މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެން މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރައްވައި، މިދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ތަރައްޤީކުރުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން