ޤައުމީ އެއަރލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހެއިރު އެވެ. މި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ޔުނިޓުތައް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް، މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލުތަކާއި، އަޅާނެ ފްލެޓްގެ އަދަދު ނުވަތަ މަސައްކަތް ފަށާނެ ތާރީޚެއް ދެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އައިލެންޑް އޭވިއޭޝަނުން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ސަބަބުން އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސަ