ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިިނިސްޓްރީއިން ވައިބަރ ކޮމިއުނިޓީތަކެއް އުފައްދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިިނިސްޓްރީއިން ވައިބަރ ކޮމިއުނިޓީތަކެއް އުފައްދައިފި

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިނިސްޓްރީއިން 4 ވައިބަރ ކޮމިއުނިޓީއެއް އުފައްދައިފިއެވެ.

ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ކޮމިއުނިޓީތަކަކީ:

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ހުޅުމާލެ" ވައިބަރ ކޮމިއުނިޓީ

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ގުޅިފަޅު" ވައިބަރ ކޮމިއުނިޓީ

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ޚާއްސަ "ބިންވެރިޔާ ގިރާވަރުފަޅު" ވައިބަރ ކޮމިއުނިޓީ

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ "ބޯހިޔާވަހިކަން އެންމެންނަށް" ވައިބަރ ކޮމިއުނިޓީ

މި ވައިބަރ ކޮމިއުނިޓީތައް މެދުވެރިކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ އިއުލާނުތަކާއި އަދާހަމަތައް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން