އަޅުގަނޑުމެންގެ ގޭގައި ވަރަށް ނުރައްކާތެރި ދެމީހަކު އެބައުޅެއެވެ. އެކަކު ހިލޭ އަންހެނުން ކޮޓަރިއަށް ވައްދައިގެން ޒިނޭކުރަނީއެވެ. އަނެކަކު ގެއިންވެސް ވައްކަން ކުރަނީއެވެ. މަންމަ ބުނަނީ އެކަމަށް ރުޅި ނައުމަށާއި އެއީ އެމީހުންގެ ޠަބީޢަތުވާ ކަމަކަށްވުމުން ކުރެވެނީ ކަމަށެވެ. އެއީ ޤަބޫލުކުރަން ހެޔޮވާނެ ވާހަކައެއްތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ މަންމަ ހޭލުންތެރި ކުރުވާށެވެ! އެއްވެސް މީހަކަށް އެކަމެއް ނުކުރުމުގެ އިޚްތިޔާ ދެއްވަވާފައި ނުވާކަމެއް ކޮށްގެން ފާފަވެރިއެއް ނުވާނެއެވެ. ތިއަ ދެކަމަކީވެސް ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ވީމާ އެކަންކަން ކުރުމުން ފާފަވެރިވާނެއެވެ. ތައުބާނުވެއްޖެނަމަ ޢަޛާބު ދެއްވަވާނެއެވެ.
ގުޅުންހުރި ލިޔުމެއް!:
އެއްވެސް ފާފައެއް ކޮށްފައި އެކަންކުރެވުނީ ތިމާގެ ޠަބީޢަތުގައި އެކަން ލައްވަވާފައިވާތީ ކަމަށް ބުނެފިނަމަ އެބުނެވެނީ ވަރަށް ނުބައި ބަހެކެވެ. އެހެނީ އެކަމެއް ކުރަންޖެހޭ ގޮތަށް އެއްވެސް ކަމެއް ހަށިގަނޑުގައި ލައްވަވާފައި އެކަމެއް ކުރުން ﷲ ތަޢާލާ ޙަރާމްކުރައްވަވާނެ ކަމަށް ޤަބޫލުކުރުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.
ނަމަވެސް ބައެއް ބޮޑެތި ފާފަތައްކޮށް އަދި އެފާފަތައްކުރުން ޕްރަމޯޓްކުރާމީހުން ބުނާ ގޮތުގައި އެމީހުންނަށް އެކަން ކުރެވެނީ އެކަމަކީ އެމީހުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމަކަށްވާތީއެވެ. ﷲ ތަޢާލާ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ އެމީހުން ހަދާ ބޮޑު ދޮގެކެވެ. އެންމެ ބޮޑު އެއް ދޮގެވެ.
ﷲ ތަޢާލާ ނަޙީކުރައްވަވާފައިވާ އެއްވެސް ކަމެއް އެއްވެސް މީހެއްގެ ޠަބީޢަތުގައި ލައްވަވާފައިވާކަމަށް ބުނުމަކީ ﷲ ތަޢާލާގެ ޢަދުލުވަންތަވެރިކަމާއި ދެކޮޅުވުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާއީ:
ٱلْعَدْلُ: ޙައްގު ގޮތުގައި ނިޔާ ކަނޑައަޅުއްވާ, އެއިލާހު ކަނޑައަޅުއްވާފައިވާ ޙުކުމްތަކުގައި ޢަދުލުވެރިވެވޮޑިގެންވާ އަދި އެކަންކަމުގައި އެއްވެސް އަނިޔާވެރިކަމެއް ނުވާ އިލާހު އެވެ
އަދި،
ٱلْهَادِي: އެއިލާހުގެ ހިދާޔަތުން މީސްތަކުންނަށް ތެދުމަގު ދައްކަވާ, އަދި އެއިލާހުގެ ހިދާޔަތުން ޙައިވާނުންނަށް އެބައިމީހުންނަށް އެންމެ މަޞްލަޙަތު ރަގަޅުގޮތް ދައްކަވާ އެތަކެއްޗަށް ގެއްލުންވަނިވި ގޮތްތަކުން ދުރުހެލި ކުރައްވާ އިލާހުއެވެ.
ވީމާ އެއްވެސް ފާފައެއް ކުރުން އެމީހެއްގެ ޠަބީޢަތުގައި ލައްވަވާފައި އެއްވެސް މީހަކު ދުނިޔެއަކަށް ނުފޮނުއްވަވާނެތެވެ. އެހެނެއް ނޫނެވެ. އިންސާނާ ޝައިޠޯނާއަށް އަޅުވެތިވަނީއެވެ. ޝައިޠޯނާ ކުރރުވަންބުނާކަންކަން ކުރާހިތްވާ މީހަކަށްވަނީއެވެ. ޝައިޠޯނާ ކުރުވަން ބޭނުންވާ ކަންކަން ކުރަން ދެވިހިފަނީއެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ޖެހުނުފަދައިންނެވެ.
ވީމާ އެއްވެސް ފާފައެއް ކުރަނީ އެމީހެއްގެ ޠަބީޢަތުގައި އެކަން ލައްވަވާފައިވާތީކަމަށް ބުނާނަމަ އެމީހަކު އެހަދަނީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. --އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރިގައިވާ ލިޔުންވެސް ވިދާޅުވާށެވެ!
ސުވާލު: އަޅުގަނޑަކީ އެއް ޖިންސުން ގުޅުން ހިންގާ މީހަކީމެއްނޫނެވެ. ނަމަވެސް، އިސްލާމް ދީނުގައި އެއްޖިންސުން ގުޅުންހިންގުމަކީ ހަރާމް ކަމަކަށްވީ ހިނދު، މުޖުތަމަޢުގައި އެއްޖިންސުން ގުޅުން ހިންގައި އެދުން ފުއްދަމުން އަންނަ ފަރާތްތަކާއެދު އަޚްލާޤީ ނަޒަރުން ބަލާއިރު އެބައިމީހުންނަށް ވާނެ ގޮތަކާމެދު އަޅުގަނޑުވިސްނަމެވެ. އެބައިމީހުންގެ ތެރެއިން ވަރަށް ގިނަމީހުން ބުނާ ގޮތުންނަމަ، އެއީ ތަބީޢީ ކަމެކެވެ. އެބައިމީހުން ދުނިޔެއަށް އުފަންވީ އިރުވެސް އެމީހުންގެ ފިޠުރަތުގައިވަނީ އެކަން ލައްވަވާފައެވެ. ވީމާ، އެބައިމީހުންގެ އެބުނަނީ ތެދެއްކަމުގައި ބަލައިފިނަމަ، އަދި އިސްލާމްދީން އެކަން ނަހީކޮށްފައިވާތީމެ، އެމީހުންނަށް އެކަން މަނާކުރެއްވުމުގެ ސަބަބުން އެކަމުން މަޙްރޫމުވެ، ޖިންސީގޮތުން އެބައިމީހުން ފޫހިވާގޮތަށް، ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުން އެގޮތުގައި ލެއްވީ ކީއްވެ ހެއްޔެވެ؟
ޖަވާބު:
الحمد لله އެބައިމީހުން އެއްޖިއްސުން ގުޅުން ހިންގުމަކީ އެއީ ތަބީޢީ ކަމެކޭ އެމީހުން އެ ބުނާ ބުނުމަކަށް އެއްބަހެއް ނުވެވޭނެއެވެ. އަދި ކިޔެއް އެއީ ތަބީޢަތާ ޚިލާފު ގޮތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެބައިމީހުންގެ ޢަމަލުތަކަކީ އަޚްލާޤީގޮތުން ދަށް ބޮޑުވެގެންވާ ފާފައެއްކަން ބަޔާން ކުރައްވާފައެވެ. އަދި ލޫޠު ޢާލައިހިއްސަލާމްގެ ޤައުމުގެ މީސްތަކުންގެ ތެރެއިން އެއްޖިންސުން ގުޅުން ހިންގުމުގެ ފާފަ ހިންގަމުން އައި މީހުންނަށް ވަނީ އެނޫން އެއްވެސް ޤައުމެއްގެ ބައެއްގެ މައްޗަށް ނުފޮނުއްވާ ފަދަ ވަރުގަދަ ޢަޛާބު ފޮނުއްވާފައެވެ. އަދި ﷲ ތަޢާލާ އަންގަވާފައިވަނީ، ފާފައިގެ އަހުލުވެރިންނާއި ޢަޛާބު ގާތްވެގެންވާ ކަމުގައެވެ.
އެބައިމީހުންގެ އެ ވާހަކަތަކީ، ފާފަތަކާއި މުންކަރާތްތައް ޢާއްމުކޮށް ފެތުރުމަށާއި އެބައީމީހުން އެފާފަ ކުރުމަށްޓަކައި ދައްކާ ބަހަނާއެވެ. އޭގެތެރެއިން ގިނަ ބަޔަކު، އެކި އެކި ގޮތްގޮތުން އެބައިމީހުންގެ ސިފަ ބަދަލުކުރެއެވެ. އެހެނެއްކަމަކު އެއީ އެބައިމީހުން އުފެއްދެވި ގޮތޭ ބުނާނީ ކިހިނެތްހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުންނަށް އަދަބު ދެއްވުމަށްޓަކައި ނުވަތަ އަނިޔާކުރެއްވުމަށްޓަކައި ދުނިޔެއަށް ނުފޮނުއްވަތެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށެވެ. އެހެނެއްކަމަކު، މި ދުނިޔެމަތީގައި އެކި ކަހަލަ މުޞީބާތްތަކައި ދަތި އުދަގޫތަކުން، އިންސާނާގެ އީމާންކަން އިމްތިޙާން ކުރައްވަތެވެ. އެއީ، އެކަންކަމަށް ކެތްތެރިވުމުގެ ސަބަބުން އިންސާނާގެ ފާފަތައް ފުއްސަވައި ދަރަޖަ މަތިވެރިވެރި ކުރެއްވުމަށެވެ.
މީހާކު ފާފަކުރުމަށް މަޖުބޫރުކޮށްގެން އެކަމުގެ ޢަޛާބު އޭނާއަށް ދެއްވުމަށްވުރެ، ﷲ ގެ ޢަދުލުވަންތަކަންމާ ބޮޑެވެ. (އެބަހީ އެއިލާހުގެ ޢަދުލުވަންތަކަމުގެ ސަބަބުން އެއްވެސް އަޅަކަށް އެއްވެސް ބާވަތެއްގެ އެއްވެސް މިންވަރެއްގެ އަނިޔާއެއް މިންވަރު ނުކުރައްވާނެއެވެ.) މިއާއި ޚިލާފަށް، މީސްތަކުން ފާފަތަކަށް އަރައިގަންނަނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ. އެއްޖިންސުން ގުޅުން ހިންގާ މީހުންވެސް މިފަދައެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް ޢަޛާބު ޙައްޤުވެގެންވެއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَلَا يَظْلِمُ رَبُّكَ أَحَدًا ﴿الكهف٤٩﴾ މާނައީ: "ކަލޭގެފާނުގެ ރައްބު އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ."
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
قُلْ إِنَّ اللَّـهَ لَا يَأْمُرُ بِالْفَحْشَاءِ أَتَقُولُونَ عَلَى اللَّـهِ مَا لَا تَعْلَمُونَ ﴿ الأعراف ٢٨ ﴾ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ފާޙިޝް ކަމަކަށް ހަމަކަށަވަރުން، ﷲ ޢަމުރެއް ނުކުރައްވަތެވެ. ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ބުނަނީ ހެއްޔެވެ؟"
ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
- އައްޝައިޚް މުޙައްމަދު ޝާފިޢު
ޝައިޚް ޝާފިޢުގެ ލިޔުއްވުމުގެ މަސްދަރު:
https://islamqa.info/en/answers/6285/refutation-of-those-who-excuse-homosexuals-on-the-grounds-that-this-is-the-way-they-were-created