ދަރިފުޅާ ކައިވެނިކުރީތީ ގޭގެ އެންމެންގެ އަޅަކަށް ހެދުމަކީ އެއްވެސް ދީނެއް ހުއްދަކުރާ ކަމެއް ނޫން! ކިތަންމެ ލޯބިވިޔަސް އެންމެންގެ އަޅަކަށްވެގެން އިނުމެއްވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދަރިފުޅާ ކައިވެނިކުރީތީ ގޭގެ އެންމެންގެ އަޅަކަށް ހެދުމަކީ އެއްވެސް ދީނެއް ހުއްދަކުރާ ކަމެއް ނޫން! ކިތަންމެ ލޯބިވިޔަސް އެންމެންގެ އަޅަކަށްވެގެން އިނުމެއްވެސް ނެތް!

ބައެއް ގެތަކަށް ބޭރުން ގެންދެވޭ ދަރިންނާއިމެދު ކަންކަން ކުރެވޭ ގޮތުގެ ވާހަކަ މިހާ ގިނައިން ދައްކަން މިޖެހެނީ އެއީވެސް ޤިޔާމަތް ދުވަހުން ސުވާލުކުރައްވަވާނެ ކަމަކަށްވާތީއެވެ. ޖަވާބުދާރީވާންޖެހޭނެ ކަމަކަށްވާތީއެވެ.  

ބައެއް ގޭގެއަށް ބޭރުން އަންހެން ދަރިއަކު ގެންދެވިއްޖެނަމަ އޭނާކުރަންޖެހޭނެ މަސައްކަތް ކަނޑައަޅައެވެ. ނިދާ ހޭލަންޖެހޭނެ ގަޑި ކަނޑއަޅައެވެ. މިހެން ގޮސް ގޭގައި ގެންގުޅޭ ނޯކަރަކަށް ކަނޑައަޅާ ހުރިހާ ކަންކަން ކަނޑައަޅައެވެ. އެމަސައްކަތްތައް ކުރުމުން މުސާރައެއްވެސް ނުދެއެވެ. މުސާރަ ނުދޭތަނުގައި ޝުކުރުގެ ބަހެއްވެސް ނުބުނެއެވެ.  

ﷲ ތަޢާލާ އަންހެނުން އުފެއްދެވީ އެފަދަ ގޮތަކަށް ގެންގުޅެން ކަމަށް ޤަބޫލުކުރެވޭނަމަ އެއީ ވަރަށް ބޮޑު ކުށެކެވެ. އަޑަށް ބާރުލައި ބުނަމެވެ. ގޭގެ އަންހެން ދަރިންނަށްވުރެ ދަށުދަރަޖައިގައި ބޭރުން ގެނެވޭ ދަރިން ގެންގުޅުން އިސްލާމް ދީނަކު ނެތެވެ. އިސްލާމް ދީނުގައި އޮތީ ދަރިންގެ މެދުގައި ހަމަހަމަ ކުރުމެވެ.  

ރަނގަޅަށް އަޑުއަހާށެވެ! އެދަރިފުޅު ގެއަށް ގެނެވުނީ ގޭގެ އެންމެންނަށް ނޯކިރީކުރުވާކަށް ނޫނެވެ. ވީމާ އެންމެންގެ އަޅަކަށް ނުހެދޭނެއެވެ. ފިރިމީހާށދެކެ ކިތަންމެ ލޯބިވިޔަސް ގޭގެ އެންމެންގެ އަޅަކަށްވެގެން އިނުމެއްވެސް ނެތެވެ. އޭނާއަށް ޚިދުމަތްކުރަންޖެހޭނީ އޭނާގެ ފިރިމީހާއަށެވެ.  

އެހެން މީހުންނަށް ޚިދުމަތްކުރާނަމަ އެއީ އޭނާގެ ހުރި ރަނގަޅުކަމެވެ. އެކަމަށް ޝުކުރުވެރިވެ އޮތީ އޭނާއަށް ހެޔޮކޮށް ހިތުމެވެ. ބުރަ މަސައްކަތް ކުރުވައި އަދި ހިތުގައި ޖައްސުވައި ރޮއްވުމެއް ނޫނެވެ. އެކަން އެގޮތަށް ކުރާނަމަ އެވެވެނީ ﷲ ތަޢާލާގެ އަޅަކަށް އަނިޔާވެރިއެވެ. މީހަކަށް އަނިޔާވެރިވުމުން ލިބޭ ފާފަ ލިބޭނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން