މޫސުމީ ބަދަލުތަކަށް އަމާޒުކޮށްގެން ދެވޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން މިނިސްޓަރ ޢަލީ ޝަރީފާއި އެމް.އެފް.އެލް.ސީގެ މެނޭޖިންގ ޑިރެކްޓަރ މަޝްވަރާކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
މޫސުމީ ބަދަލުތަކަށް އަމާޒުކޮށްގެން ދެވޭ މާލީ އެހީތެރިކަމާ ގުޅޭގޮތުން މިނިސްޓަރ ޢަލީ ޝަރީފާއި އެމް.އެފް.އެލް.ސީގެ މެނޭޖިންގ ޑިރެކްޓަރ މަޝްވަރާކުރައްވައިފި

ރާއްޖޭގައި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) އިތުރުކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މިނިސްޓަރ ޢަލީ ޝަރީފާއި މޯލްޑިވްސް ފައިނޭންސިންގ އެންޑް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދު މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައާއި، ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް އިންވެސްޓް ކުރުމުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.

ޚާއްޞަކޮށް، ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އަމިއްލަ ކުންފުނިތަކުގެ ދައުރު ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގުތައް ތަނަވަސްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެމް.އެފް.އެލް.ސީގެ ފަރާތުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދޭ މަޝްރޫޢުތަކަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދު ދެއްވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލީ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއްގެ ފެށުމެއް ކަމުގައި ބެލެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން