އެއީ ކައިވެނިކޮށް ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. ކައިވެންޏަށް 6 މަސްވެސް ނުވަނީސް އަންހެނަކު ގެއަށް އައިސް އަނބިމީހާގެ ގާތުގައި ބުނަނީ އޭނާ އިނީ ފިރިމީހާއަށް ބަލިވެ ކަމަށާއި ބަނޑަށް 3 މަސް ކަމަށެވެ. ދަބަސް ހިފައިގެން މިއައީ މިގޭގައި އިނުމަށް ކަމަށެވެ.
އަނބިމީހާ ބުނީ ތިއައީ ޙައްލުކުރަންޖެހޭނެ މައްސަލައެއް ކަމަށާއި ފިރިމީހާ އަންނަންދެން ސިޓިންގ ރޫމްގައި މަޑުކުރުމަށެވެ. މަޑުކޮށްގެން އިންދައި ފިރިމީހާ އައުމުންވެސް އެވާހަކަ ތަކުރާރުކުރިއެވެ. ބަލިވެއިނުމުން ގެއިންވެސް ބޭރުކޮށްލައިފިކަމަށާއި ވަންނާނެ ތަނެއްވެސް ނެތްކަމަށެވެ.
ފިރިމީހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ތިއަ ބަލިވެ އިނުމަކީ ވަރަށް އާދައާއި ޚިލާފް ބަލިވެ އިނުމެކެވެ. "މީގެ 2 އަހަރުކުރިން ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ދެތިން މަސްވަންދެން އޮތެވެ. އެކަމަކު އަހުރެން ތިބާގެ ހަށިގަނޑަކު ނުބީހެމެވެ. އެހިސާބަށް ދިއުމުގެ ކުރިން ތިބާގެ ޚަޞީލަތް އެނގުނީމާ ވަކިވީއެވެ. އެއިގެ ފަހުން ދެމީހުން ބައްދަލެއްވެސް ނުކުރަމުއެވެ. އެކަމަކު ތިއަ ބުނަނީ 4 މަސްކުރިން އަހުރެންނަށް ބަލިވެއިން ވާހަކައެވެ. ވީމާ ބަލިވެއިން ގޮތެއް ހޯދަން ޖެހޭނީ ވަރަށް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްދާށެވެ. ދެމީހަކު ދައްކާ ވާހަކަދެއްކީތީ 2 އަހަރުފަހުން ބަލިވެއިންނަކަން އަދި އެނގިފައި ނެތީމައެވެ."
އެހެން ބުނެފައި ފުލުހުންނަށް ގުޅަން އުޅެން ފެށުމުން އޭނާ ބުންޏެވެ. "މާފުކުރާށެވެ! މިއީ ތިބާދެކެ ލޯބިވާތީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެއްސުވޭތޯ ކުރެވުނު ކަމެކެވެ. ދެއަންތބަށް ނަމަވެސް ކައިވެނިކޮށްދޭށެވެ!" ފިރިމީހާ ބުންޏެވެ. "ފުލުހުންނަށް ގުޅަން މިއުޅެނީ ތިއަކަމާއެވެ! ތިއަ ކައިވެނި ކުރަްނޖެހޭނީ ކޯޓަކު ނޫނެވެ. ފުލުހުންގެ އިދާރާގައި ކަމަށްވާތީއެވެ."
އެހެންބުނާއިރަށް ދަބަސްހިފައިގެން ގެއިން ނުކުމެގެން ހިނގައްޖެއެވެ.
މިއީ ވަރަށް ފަހުން ހިނގާފައިވާ ކަމެކެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް މިގެނައީ މިގޮތަށް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖައްސުވާ އަންހެނުން ގިނަވާތީއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ދުނިޔެއިން ފިރިހެނުންވެސް އަދި އަންހެނުންވެސް ހުސްވީއެއް ނޫނެވެ. މަދީއެއްވެސް ނޫނެވެ. ލޯބިން ދިރިއުޅޭ ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރއެއް
- ޢިބްރަތްތެރި ވާހަކަ-