ފިރިމީހާގެ ލޯބިލިބި އިސްނަގައިގެން ތިބާއަށް ކަންކަންކޮށްދޭން ބޭނުންވާނަމަ މި 3 ކަންތައްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ފިރިމީހާގެ ލޯބިލިބި އިސްނަގައިގެން ތިބާއަށް ކަންކަންކޮށްދޭން ބޭނުންވާނަމަ މި 3 ކަންތައްކުރާށެވެ!

ފިރިމީހާ ލޯތްބާ އަޅައިލުން ނުލިބިގެންނާއި އެހީތެރިކަން ނުލިބޭތީ ކައުންސިލިންގ ހޯދަން އަންނަ އަންހެނުން ގިނަކަން ފާހަގަކުރެވެއެވެ. އެމީހުންނަށް އަހުރެން 3 ކަމެއް ކުރުމަށް ނަޞީޙަތްތެރިވަމެވެ.  

ފުރަތަމަ ކަމަކީ ބަސްމަގު ރިވެތިކޮށް މަޑުމައިތިރިކަމާއިއެކު މުޢާމަލާތުކުރުމެވެ. ކަމަކަސް ބޭނުންވެގެން އެދޭއިރުވެސް ރިވެތިކޮށް މުޢާމަލާތުކުރުމެވެ. އަމުރުވެރި ރާގަށް ބަސްނުބުނުމެވެ.  

ދެވަނަ ކަމަކީ ރޭކުރަން ފިރިމީހާ އެދެންދެން މަޑުނުކުރުމެވެ. ގިނަ ފިރިން އަނބިމީހާގެ ކިބައިން އެންމެ ބޮޑަށް ބޭނުންވާނީ އެކަމަށެވެ. ވީމާ ތިބާއަށް ބޭނުންނުވިޔަސް އެދޭށެވެ. ވަރުބަލިކަމުން ނުވަތަ މޫޑުނެތިގެން ފިރިމީހާ މަޑުޖައްސާލަން ބުނެފިނަމަ އެކަމަށްވެސް ޢިޖާބަދޭށެވެ.  

ތިންވަނަމަ ކަމަކީ ތަޤްވާވެރިކަން އިތުރުކުރުމެވެ. އެއިރުން ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ އިތުރުވަމުންނެވެ. ނަތީޖާއަކަށްވާނީ އެއީ ހެޔޮލަފާ ފިރިއަކު ނަމަ ފއޭނާގެ ހިތުގައި ތިބާއަށް ލޯބިއިތުރުވުމެވެ. ތިބާއަށް އަޅައިލުން އިތުރުވުމެވެ.  

މި 3 ކަންތަކަކީވެސް ކޮންމެ އަންހެނަކަށްވެސް ނުހަނު ފަސޭހައިން ކުރެވިދާނެ 3 ކަންތަކެވެ. ނިކަން ޢަމަލުކޮށް ތަފާތު ތޖުރިބާކޮށްލައިބަލާށެވެ! އިން ޝާ ﷲ ތިބާއަށް ހުރިހާ ކަމެއްވެސް ކާމިޔާބުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން