ރުޅިއަންނައިރަށް ވަރިކުރާނެކަމުގެ ނުވަތަ ވަރިވާނެކަމުގެ ބިރު ދެއްކުމަކީ ވަރަށް ގިނަ ގޮތްގޮތުން ދެރަލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރުޅިއަންނައިރަށް ވަރިކުރާނެކަމުގެ ނުވަތަ ވަރިވާނެކަމުގެ ބިރު ދެއްކުމަކީ ވަރަށް ގިނަ ގޮތްގޮތުން ދެރަލިބޭ ކަމެއް!

ދެމަފިރިން އެކުގައި އުޅެމުންވެސް ރުޅިއަންނައިރަށް ވަރިކުރާނެ ކަމުގެ ނުވަތަ ަވރިވާނެ ކަމުގެ ބިރު ދައްކައެވެ. މިބުނަނީ އެފަދަ ބަސްތައް ބުނާ ވާހަކައެވެ. އެފަދަ ބަސްތައް ބުނަނީ އަނެކާ ބިރުގެންނެވުމަށެވެ. ފަހަރެއްގައި އެކަން ކާމިޔާބުވެސްވެދާނެއެވެ.  

އެކަން އެވަޤުތު ކާމިޔާބުވިޔަސް އެކަމުން ލިބޭ ދެރަތައް ބައިވަރެވެ. އެއިގެ ތެރެއިން އެންމެ ބޮޑު ދެރައަކީ އެމީހަކާއިއެކުގައި އުޅެވިދާނެކަމަށް ކުރެވޭ އިތުބާރު ކުޑަވުމެވެ. ދެވަނަ ގޮތެއް ހޯދަންޖެހޭކަމަށް ވިސްނެން ފެށުމެވެ. އެކަމަށް ވިސްނުމުގެ ތެރެއިން ދެވަނަ ގޮތްހޯދާ މީހުން މަދެއް ނޫނެވެ.  

އެހެންކަމުން ކިތަންމެ ރުޅިއައިނަމަވެސް ވަރީގެ ވާހަކަ ނުދައްކާށެވެ. ވަރުކުރާނެކަމުގެ ނުވަތަ ވަރިވާނެކަމުގެ ބިރު ނުދައްކާށެވެ. އަނެކާ ސަމާލުކަންދޭނެ ނުވަތަ ކަންބޮދުވާނެ އެހެން ކޮންމެވެސް ކަމެއްގެ ވާހަކަބުނާށެވެ.  

ބުއްދިވެރިއަކު ބުނެފައި އޮވެއެވެ. "ކައިވެނިކުރުމަށްފަހު ވަރީގެ ވާހަކަ ބާއްވަންވާނީ ކަސްތޮޅު އަޅުވައިފައެވެ. އެވާހަކަ ދޫކޮށްލައިފިނަމަ ނިމޭނީ ވަރިކުރުވައިގެންނެވެ." މިއީ ވަރަށް ޙިކުމަތްތެރި ވާހަކައެކެވެ. ވީމާ ދެން އެހެން ގޮތެއް ނެތިގެން ކައިވެނި ރޫޅާލަން ނޫނީ ވަރީގެ ވާހަކަ އެއްގޮތަކަށްވެސް ނުދައްކާށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން