ހަކުރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް އައިޖީއެމްއެޗްން ސްކްރީނިން ހަރަކާތެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހަކުރު ބައްޔަށް ހޭލުންތެރިކަން އިތުރުކުރުމަށް އައިޖީއެމްއެޗްން ސްކްރީނިން ހަރަކާތެއް ބާއްވައިފި

ހަކުރު ބައްޔަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނޭޝަނަލް ޑައިބެޓިކް ސެންޓަރުން އިސްނަގައިގެން ހާއްސަ ސްކްރީނިން ހަރަކާތެއް ބާއްވައިފިއެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ހަރަކާތަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހިންގި ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން އާންމުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ގިނަ ފުރުސަތުތަކެއް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން، ހަރަކާތަށް ޒިޔާރަތްކުރި ފަރާތްތަކުގެ އިސްކޮޅާއި، ބަރުދަން، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ބެލުމުގެ އިތުރުން ލޭގެ ޕްރެޝަރު ބެލުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ލޭގައި ހަކުރު ހުރި މިންވަރު ޗެކްކުރުމުގެ ޚިދުމަތްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޭނުންކުރަންޖެހޭ ސިއްހީ ކާނާއާ ބެހޭ ފުރިހަމަ މަޢުލޫމާތު ކަމާބެހޭ މާހިރުން ވަނީ އާންމުންނަށް ހިއްސާކޮށްފައެވެ.

ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ބަލި ހުރި މިންވަރު ދެނެގަތުމަށްފަހު ދެން އަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދުމުގެ ފުރުޞަތުވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ. މިއީ ބަލި ދެނެގަތުމާއި ފަރުވާގެ ކަންކަމަށް އާންމުން އަހުލުވެރިކުރުވުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

މި ހަރަކާތަކީ ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތަކަށްވާއިރު، ކުޑަކުދިންނަށް ޚާއްސަ ތަފާތު ހަރަކާތްތަކެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުޑަކުދިންގެ މެދުގައިވެސް ސިއްހީ ރަނގަޅު އާދަތަކަށް ލޯބިޖެއްސުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން