އދ. ދިއްދޫގެ އައު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އދ. ދިއްދޫގެ އައު ފުޓްސަލް ދަނޑު ވަޒީރު ރާފިޢު ހުޅުވައިދެއްވައިފި

އދ. ދިއްދޫގައި ސަރުކާރުން އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު، ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މި މަޝްރޫޢަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މިއީ ދިއްދޫގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އެ ރަށުގައި މުޅިން އަލަށް ޤާއިމްކުރެވުނު ފުޓްސަލް ދަނޑެކެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، މި ދަނޑުގައި އެކުވެރިކަމުގެ ޚާއްޞަ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ ކުޅިވަރު ވުޒާރާގެ ޓީމަކާއި ދިއްދޫ ޒުވާނުންގެ ޓީމެކެވެ. މި މެޗަކީ ރަށުގެ ޒުވާނުންނާއި ވުޒާރާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުޅެވުނު މެޗެކެވެ.

މިފަދަ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަކީ ރަށްރަށުގެ ޒުވާނުން ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ބައެކެވެ. ދިއްދޫގައި އަލަށް ހުޅުވުނު މި ދަނޑާއެކު އެ ރަށުގެ ކުޅިވަރުގެ ޙަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން