ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ ފައިސާ އަތުލި ޑެޕިޔުޓީ މިނިސްޓަރު މަޤާމުން ވަކިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ ފައިސާ އަތުލި ޑެޕިޔުޓީ މިނިސްޓަރު މަޤާމުން ވަކިކޮށްފި

ސަރުކާރުގެ ފްލެޓާއި، ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަޤާމުން ވަކިކޮށްފިއެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން، މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެ މައްސަލަ ބެލުމަށްފަހު ޔަސީން މަޤާމުން ވަކިކޮށްފައިވަނީ، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދިޔަ މުއްދަތުގައި އޭނާ ހުރީ ސަސްޕެންޝަނުގައެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، "މައްސަލަ ސަމާލުކަމަށް އައުމާއެކު އޭނާ ފުރަތަމަ ސަސްޕެންޑު ކުރި ކަމަށާއި، ވުޒާރާގެ އެތެރޭގެ ތަޙުޤީޤުން އެ ތުހުމަތުތަކުގައި ޙަޤީޤަތްތަކެއް ހުރިކަން ހާމަވުމުން މަޤާމުން ވަކިކުރީ" ކަމަށެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ގެދޮރުވެރިކަމާއި ފްލެޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ގެންގުޅުއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތު ކުރެވިއްޖެނަމަ އެކަން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

މިއަދު އޮންލައިން