އަންތބަކަށް ހޯދަންވީ ބުނާހާ ކަމެއް ކުރާ ލޯބިވެރިންނެއް ނޫން! ބުއްދިފުރިހަމަ، ހަރުދަނާ އަންހެނަކު ފަހުން ހިތާމަކުރަންޖެހޭނެ އެއްވެސް ކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
އަންތބަކަށް ހޯދަންވީ ބުނާހާ ކަމެއް ކުރާ ލޯބިވެރިންނެއް ނޫން! ބުއްދިފުރިހަމަ، ހަރުދަނާ އަންހެނަކު ފަހުން ހިތާމަކުރަންޖެހޭނެ އެއްވެސް ކަމެއް
ނުކުރާނެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ބުއްދިފުރިހަމަވާނީ ވަކި ޢުމުރެއްގައި ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޢުމުރުން ކިތަންމެ ދޮށިވިޔަސް ބުއްދި ފުރިހަމަނުވާ މީހުން ތިބެއެވެ.

ހަމައެފަދައިން ކިތަންމެ ހަގު ޢުމުރުގައިވެސް ބުއްދި ފުރިހަމަވާ މީހުންވެސް ތިބެއެވެ. ވީމާ މިކަމުން އެނގެނީ ބުއްދި ފުރިހަމަވާނީ ކޮން ޢުމުރެއްގައިކަން ބުނަން ނުއެނގޭނެ ކަމެވެ. އަދި އަހުރެންނަށް ވިސްނޭ ގޮތުގައި އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް މިކަން އޮތީ ހަމަ މިގޮތަށެވެ.  

އަހުރެން މިރޭ ބަހެއް މިބުނަނީ އަންހެނުންނަށެވެ. ވަރަށް ހަގު ޢުމުރުގައިވެސް އެމީހުންގެ ބުއްދި ފުރިހަމަވެފައިވާތީ ފިރިހެނުންނަށް ބޭނުން ގޮތެއް ހަދައި ނުލެވޭ، ލަންބުވައި ނުލެވޭ ވަރަށް ޒުވާން އަންހެންކުދިންވެސް ތިބެއެވެ. ހަމައެފަދައިން ޢުމުރުން ދޮށީ ޢުމުރުގައިވެސް ނުހަނު ފަސޭހައިން ލަންބުވައިލެވޭ އަންހެނުންވެސް ތިބެއެވެ.  

ގިނަ ބައަކު އެއްބަސްވާކަމެއް ބުނެލާނަމެވެ. އަންހެނެއްގެ ވިސްނުން ފުރިހަމަވެފައި އެއަންހެނެއްގެ ކިބައިގައި ހަރުދަނާކަންހުރިނަމަ އޭނާ ޙައްލުވައެއް ނުލެވޭނެއެވެ. މާނައަކީ ފިރިހެން ބޭނުންވާހައި ކަމެއް އެކަނބަލުން ލައްވައި ނުކުރުވޭނެއެވެ. އަދި ފައިސާއަކަށް ގަނެއެއްވެސް ނުލެވޭނެއެވެ. އެކަނބަލުން މާހުޝިޔާރުވާނެއެވެ. މާނައަކީ ފަހުން ދެރަވާން ޖެހިދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އަނބިން އިޚްތިޔާރުކުރުމުގައި މިކަމަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ. ހަރުދަނާ އަންތބަކު ލިބޭނީ އެއިރުންނެވެ.  

ކޮންމެއަކަސް ބުނަންޖެހެނީ ލޯބިވެގެން ކަމަށް ހެދިގެންވެސް އަދި ވަޒީފާ އާއި ގުޅުވައިގެންވެސް އަދި އެނޫން ގޮތަކުން ނަމަވެސް ﷲ ތަޢާލާއަށް އުރެދުމެއްވާ ކަމެއް، ފާފައެއް، ކޮށްފިނަމަ އޭނާގެ ވިސްނުން ފުރިހަމަ ކަމާއިމެދު ސުވާލު އުފެދޭނެއެވެ. ސަބަބަކީ ކާނެ އެއްޗެއް ނުލިބި ހައިހޫނު ކަމުގައި މަރުވާންޖެހުމަކީ ސުވަރުގެ ލިބުމަށް އޮތް ހުރަހެއް ނޫނެވެ. ނަމަވެސް ފާފަކުރުމަކީ ސުވަރުގެ ލިބުމަށް އޮތް ހުރަހެވެ.   

ވީމާ ތިމާގެ ވިސްނުން ފުރިހަމަވެފައި އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު ނަމަ ކޮންމެ މީހަކުވެސް މިކަމަށް ސަމާލުކަންދޭނެއެވެ. ސަމާލުކަން ނުދެވޭނަމަ އޮތީ ދެގޮތެކެވެ. އެއް ގޮތަކީ ވިސްނުން ފުރިހަމަ ނުވަނީއެވެ. ދެވަނަ ގޮތަކީ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިނުވެވެނީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން