މިހާރަކަށް އައިސް ލޮލަށް މައްސަލަތައް ކުރިމަތިވުން އަންނަނީ ގިނަވަމުންނެވެ. އެކަން ދިމާވަނީ ވަކި ޢުމުރެއްގައި ކަމަށް ބުނެވޭކަށްވެސް ނެތެވެ. ހިތާމަހުރި ކަމަކީ ލޮލުގެ ޞިއްޙަތާއިމެދު ފަރުވާކުޑަކުރެވޭ ކަމެވެ. ލޮލަށް ފައިދާކުރާނެ ކެއުމާއި ބުއިމަށް ސަމާލުކަން ނުދެވޭ ކަމެވެ.
މިގެނެސްދެނީ ތިބާގެ ލޮލުގެ ފެނުން ހީވެސް ނުކުރާ މިންވަރަށް ރަނގަޅު ކޮށްލައިދޭ ބުއިމެކެވެ.
ބޭނުންވާ ތަކެތި:
1 ފޮތި ބަރަބޯ
1 ލުނބޯގެ ހުތް
1 ޖޯޑުފެން
ބަރަބޯކޮޅު ކޮށާލާށެވެ. އަދި ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފުރާނާލާށެވެ.
ހެނދުނު ހުސް ގޮހޮރާ 1 ތަށި އަދި ރޭގަނޑު 1 ތަށި ބޯލާށެވެ.
ބަރަބޮލަކީ ލޫޓެއިން އަދި ކްރޮޓްނޮއިޑްސް ގިނައަދަދަކަށް ހިމެނޭ އެއްޗެކެވެ. މީގެ ސަބަބުން ކެޓެރެކްސް އަދި ފޯނުތަކުގެ ނޫ އަލިން ލޯ ސަލާމަތް ކޮށްދެއެވެ.
- -މަޢުލޫމާތު: ޞިއްޙީ ޚަބަރު