އިގްތިސާދީ ގޮތުން ރާއްޖެ ވެއްޓިފައި އޮތް ނާމާން އަނދަވަޅުން ސަލާމަތްވެއްޖެ: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިގްތިސާދީ ގޮތުން ރާއްޖެ ވެއްޓިފައި އޮތް ނާމާން އަނދަވަޅުން ސަލާމަތްވެއްޖެ: ވަޒީރު ސައީދު

ރާއްޖެ އިގްތިސާދީ ގޮތުން ވެއްޓިފައި އޮތް ނާމާން އަނދަވަޅުން ސަލާމަތްވެއްޖެ ކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު އެއް އިގްތިސާދީ ގޮންޖެހުން ކަމަށްވާ ސުކޫކު އަނބުރާ ދައްކާ މިހާރު ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމުގެ މުހިންމު ހެއްކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ނިމިދިޔަ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން ބޮޑު ބައެއް މިހާރު ދައްކާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކުރީ ސަރުކާރުން އަހަރަކު އެއްފަހަރު ރޯލްއޯވާ ކުރަމުން އައި ލޯނުތައް، މި ސަރުކާރުން އަނބުރާ ދައްކަމުންދާ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ލޯނުގެ ބާކީ އޮތް 50 މިލިއަން ޑޮލަރު އަންނަ ސެޕްޓެމްބަރު މަހު ދައްކާ ހަލާސްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. މިއީ ދައުލަތުގެ ދަރަނި ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ބަޔާންކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދަރަނި ދެއްކުމުގެ މި މަސައްކަތަކީ ރައީސް ޑރ. މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ކުޑަވެ، މާލީ އިސްތިގްލާލު ވަރުގަދަވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން