ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 60 އިންސައްތަ ނިމިއްޖެ

ކުނިން ހަކަތަ އުފެއްދުމަށްޓަކައި ތިލަފުށީގައި ގާއިމުކުރަމުންދާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ. އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މި ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ބޮޑު ގާބިލުކަމެއް ލިބިގެންވާ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. މިއީ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ނިޒާމަށް އަންނާނެ އިންގިލާބީ ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.

މި ނިޒާމުގެ ތެރެއިން ޖުމްލަ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ ކަމަށް ލަފާކުރެވެއެވެ. މިގޮތުން އުފައްދާ ކަރަންޓުގެ ތެރެއިން 3 މެގަވޮޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ފެސިލިޓީ ހިންގުމަށެވެ. އަދި ބާކީ ހުންނަ 10 މެގަވޮޓުގެ ކަރަންޓު މައި ގްރިޑަށް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

މި މަޝްރޫއަކީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕްލާންޓް އޮޕަރޭޝަނަށް އައުމުން، މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ މަގު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން