އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީން 20 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަދާލަތު ޕާޓީން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީން 20 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އަދާލަތު ޕާޓީން ހުޅުވާލައިފި

މެލޭޝިއާގެ މަޝްހޫރު ތަޢުލީމީ މުއައްސަސާއެއް ކަމަށްވާ އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީ (AIU) އިން ދިވެހި ދަރިވަރުންނަށް ލިބިފައިވާ 20 ސްކޮލަޝިޕްގެ ފުރުސަތަކަށް ކުރިމަތިލުމަށް އަދާލަތު ޕާޓީން މިއަދު ހުޅުވާލައިފިއެވެ.

މި ސްކޮލަޝިޕްތަކަކީ 26 އޮކްޓޫބަރު 2026 ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓޭކަށް އަމާޒުކޮށްގެން ދޫކުރެވޭ ފުރުސަތުތަކެކެވެ. މި ފުރުސަތުގެ ދަށުން ތިން އަހަރު ދުވަހުގެ ބެޗްލާސް ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔެވުމުގެ މަގު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، އަދި އިސްލާމީ އަޚްލާޤާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބާރުއަޅާ މުއައްސަސާއެކެވެ. މި ސްކޮލަޝިޕްތަކުގެ ބޭނުމަކީ މަތީ ތަޢުލީމަށް އެދޭ ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ހޯދައިދީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ އިތުރު މަޢުލޫމާތާއި، ޝަރުޠުތައް އަދާލަތު ޕާޓީގެ ފަރާތުން ޢާންމުކުރާނެ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން