އެއްވެސް އެއްޗެއްގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބުން އެދިގެން ކިޔަން އޮތް ޛިކުރު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
އެއްވެސް އެއްޗެއްގެ ފަރާތުން އެއްވެސް ގެއްލުމެއް ނުލިބުން އެދިގެން ކިޔަން އޮތް ޛިކުރު!

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގައިވެއެވެ.  

»مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كُلِّ لَيْلَةٍ: بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ ثَلَاثَ مَرَّاتٍ، فَيَضُرَّهُ شَيْءٌ«  " 

رواه أبو داود (5088) وابن ماجه (3869) والترمذي (3388)  وأحمد (474) وصححه الألباني في المشكاة  (2391)] 

މާނައީ: "ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު ތިންފަހަރު  

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ 

މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާއަށް އެއްވެސް އެއްޗެއްގެ ފުށުން ގެއްލުމެއް ނުވާނެއެވެ."  

މިދުޢާގެ މާނައީ: "ﷲގެ އިސްމުފުޅުގެ ބަރަކާތުން (ރައްކާތެރިކަން ލިބިގަންނަމެވެ.) އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވައިވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." 

އަދި ކިޔަންހުރި މިނޫންވެސް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަމުންގެންދާށެވެ. މިފަދަ ޛިކުރުތައް ކިޔުމުގެ ސަބަބުން، ބޮޑެތި ނުރައްކާތަކުންނާއި މުޞީބާތަކުން ﷲ ތަޢާލާ، އިންސާނާ މިންޖުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

ބަލިމަޑުކަމުންވެސް މުޞީބާތްތަކުންވެސް ރައްކައުތެރިކަން ލިބުންވަނީ ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވެވުމުންނެވެ. މިފަދަ ޛިކުރުތަކަކީ ޢާންމުކޮށް ކިޔަން ފޮތްތަކުގައި ލިޔެވިފައިވާ އަދި ކިޔަން ގިނަގިނައިން ހަނދާންކޮށްދެވޭ ޛިކުރުތަކެވެ. ހިތާމައަކީ ގިނަ ބައަކަށް ސަމާލުކަން ނުދެވޭކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން