ސިއްރުން އަޅުކަންކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ. : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސިއްރުން އަޅުކަންކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ. : މުފްތީ މެންކް

އަޅުކަމުގެ ތެރޭގައި ދެބާވަތެއް ވެއެވެ. މިޘާލަކަށް މިސްކިތުގައި ނަމާދުކުރުމަކީ ގިނަ ބައަކަށް ދައްކައިގެން ކުރެވޭނެ ކަމެކެވެ. ސުންނަތް އަޅުކަން ގޭގައި ކުރާނަމަ އެކަންވާނީ ސިއްރުން ކުރެވޭ އަޅުކަމަކަށެވެ.  

ސުންނަތް އަޅުކަން ގޭގައި ސިއްރުން ކުރެވެން އޮތްނަމަ ސިއްރުން ކުރާށެވެ! މިސްކިތުގައި އެންމެންނަށް ފެންނަގޮތަށް ކުރާއިރުވެސް ބައްލަވައިވޮޑިގެންވާ ﷲ ތަޢާލާ، ގޭގައި އެކަނިހުރެ ކުރާއިރުވެސް ބައްލަވައިވޮޑިގެންވެއެވެ. އެކަމަށް ރުހިވޮޑިގަތުން އިންތިހާއަށް ބޮޑުވެގެންދެއެވެ. ވީމާ ކުރާ ފައިދާ ބޮޑުވާނެއެވެ.  

އަޅުކަންކުރަން އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ޘަވާބުދެއްވަވާނީ ﷲ ތަޢާލާއެވެ. ވީމާ ގިނަ ބައަކަށް ދައްކަންވީ ކީއްކުރަންހެއްޔެވެ؟ ބޭނުންވެގެން މިއުޅެނީ ގިނަ ޘަވާބު ނޫންހެއްޔެވެ؟  

ރޭއަޅުކަމުގެ ޘަވާބު އެހައި ބޮޑުވަނީވެސް ރޭގަނޑު އެންމެން ނިދާފައި ތިއްބައި އެކަނިހުރެގެން ކުރާތީއެވެ. މުޅި ދުނިޔެއަށްވެސް ސިއްރުން ކުރާތީއެވެ. ދަންނާށެވެ! ސިއްރުން އަޅުކަންކުރާ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އެއީ އޭނާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާނެތީއެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން 

- މިއަދުނޫސް 

މިއަދު އޮންލައިން