ތަނަވަސް މީހަކު އޭނާގެ ދަރިއެއްހާ ހަގު ލޯބިވެރިއަކު ހޯދީމާ ޖެހުނު ޙާލު- މިގޮތަށް އުޅޭ މީހުންނަށް ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތަނަވަސް މީހަކު އޭނާގެ ދަރިއެއްހާ ހަގު ލޯބިވެރިއަކު ހޯދީމާ ޖެހުނު ޙާލު- މިގޮތަށް އުޅޭ މީހުންނަށް ފިލާވަޅެއް!

ލޯބިވެރިޔާ ގެއަށްވަދެފައި ފުރަތަމަވެސް އެދުނީ ބައިލައްކަ ރުފިޔާއަށެވެ. ބުނީ އިންނަތަނުގެ ކުލިދައްކަން ކަމަށެވެ. ޖަވާބުގައި އޭނާ ސުވާލުކުރީ މީގެ 10 ދުވަސްކުރިން ކުލިދައްކާށާއިއެކު ދިން އެއްލައްކަ ރުފިޔާ ހުސްވީތޯއެވެ؟ އަހަރެންދެކެ ލޯބިވެގެން ތިއައުޅެނީ ފުނިފުންޏަށް ފައިސާ ހޯދަންތޯއެވެ؟ 

ޖަވާބުގައި ލޯބިވެރިޔާ ބުންޏެވެ. "ލޯބިވުމަކީ ވަކިކަމެކެވެ. ފައިސާ ބޭނުންވުމަކީ ވަކިކަމެކެވެ. ބޭނުންވަރަށް ފައިސާ ނުލިބޭނަމަ އަހަރެންގެ ބައްޕައާ އެއްޢުމުރުގެ މީހަކުދެކެ ލޯބިވެގެން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟"  

އޭނާއަށް ބުނެވުނެވެ! "މިފަހަރު ތިއަ ބުނެވުނީ ތެދެކެވެ. ނުވިސްނުނީ އަހުރެންނަށެވެ. ދެން އިތުރަށް އަހުރެން ދެކެ ލޯބިވާނެކަމެއް ނެތެވެ. ތަންކޮޅެއް ޚަރަދުކުޑަ ގޮތެއް ހޯދާނީއެވެ."  

ލޯބިވެރިޔާ ބުންޏެވެ. "ތިއަ ގޮތްވެސް ރަނގަޅެވެ. އެކަމަކު ކަލޭގެ ޙަޤީޤަތް ސޯޝަލް މީޑިއާގައި ހާމަކޮށްލާނަމެވެ." ތަނަވަސް މީހާއަށް އެންމެފަހުން ޖެހުނީ ލޯބިވެރިޔާގެ ހިތްފުރޭވަރަށް ފައިސާދީފައި ޞުލްޙައިގެ އަހުދުނާމާއެއް އެކުލަވައިލާށެވެ!  

މިއީ ހަމަ ދާދިފަހުން ހިނގާފައިވާ ކަމެކެވެ. އަބަދު ސޯޝަލް މީޑިއާއިން މިފަދަ ކްލިޕްތައް ފެންނައިރު ދިވެހިންވެސް ދަސްކުރާނެތާއެވެ. 

ތިމާގެ ކިބައިގައި ތަނަވަސްކަންހުރީތީ ތިމާގެ ޢުމުރަށް ވިސްނާނުލައި އަންހެންކުދިންނާއި ގުޅޭނަމަ މިފަދަ ކަންކަން ކުރިމަތިވާނެއެވެ. ކުރިމަތިވީމާ ވިސްނުމަކުން ކުރާނެ ފައިދާއެއް ނެތެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން