ޒަމާން ފަސްވާވަރަކަށް މިދަނީ ހޫނުގަދަވަމުންނެވެ.
32 ޑިގްރީން 50 ޑިގްރީއަށްވުރެވެސް މައްޗަށްދާކަން މިއަންނަނީ މިހާރުވެސް އިޙްޞާޞްކުރެވެމުންނެވެ. ފިނިކަމުން އުޅެން އުނދަގޫ ޤައުމުތަކުގައި ހޫނުގަދަވާވަރުން މަގުތަކުގައި އަޅާފައިވާ ތާރުތައް އެދަނީ ވިރެމުންނެވެ.
އެއީ ހުއްޓުވޭނެ ކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާ ދެއްވަވަމުން ގެންދަވާ މެސެޖެކެވެ.
މެސެޖު ރަނގަޅަށް މާނަކުރާށެވެ! ފާފަކުރުން މިދަނީ ގިނަވަމުންނެވެ. ނަރަކައަށް ވަންނާނެ މީހުން މިދަނީ ގިނަވަމުންނެވެ. ނަރަކައިގެ ހޫނަށް ބިރުވެތިވާށެވެ! މިއީ ކޮށްލަން ރަނގަޅު ދުޢާއެކެވެ.
لا إِلٰهَ إِلَّا اللهُ مَا أَشَدَّ حَرَّ هٰذَا الْيَوْمِ ، اَللَّهُمَّ أَجِرْنِيْ مِنْ حَرِّ جَهَنَّمَ
"There Is No Deity Except Allah. How Hot Is This Day! O Allah, Protect Me From The Heat Of Jahnnam.”
ދުޢާގައި އެކުލެވިގެންވާނައީ: "އިނބަ ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. މިއަދުގެ ހޫނުކަން ގަދަކަމާއެވެ! ޔާ ﷲ! ނަރަކައިގެ ހޫނުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ!"
- މިއަދުނޫސް