ފިރިމީހާ ގެއަށް އައިސް ފޮށިތައްޔާރުކޮށްލައިގެން ނުކުންނަމުން ބުނީ މިއުޅެނީ ވަރިކޮށްފައި ދާންވެގެން ކަމަށެވެ. އަނބިމީހާ ބުނީ އެކަމުގައި މައްސަލައެއް ނެތްކަމަށެވެ.
ފިރިމީހާ ސުވާލުކުރިއެވެ. "ހަމައެއްވެސް މައްސަލައެއް ނެތީހެއްޔެވެ؟ ކަންބޮޑުވެސް ނުވަނީ ހެއްޔެވެ؟ އެކަނި އުޅެވިދާނެ ހެއްޔެވެ؟"
އަނބިމީހާގެ ޖަވާބަކީ: "މައްސަލަ އޮވެގެން އެވާހަކަ ދެއްކީމެވެ. ކަންބޮޑުވުން ފައުޅުކުރީމެވެ. ތިބާ އަޅައިނުލީއެވެ. ތިބާއާއިއެކު އުޅެމުން މިއައީވެސް އެކަނި އުޅެންޖެހޭނެ ގޮތަށެވެ. ވީމާ ތިބާ ނެތުމަކުން އުނިވާނެ ކަމެއް ނެތެވެ. ޢަމުދުން އެކުގައި އުޅެން ބޭނުންނުވާ މީހަކަށް ސަލާންޖަހައި އާދޭސްކުރާކަށް ނެތީމެވެ. ހިފަހައްޓަން މަސައްކަތްކުރާކަށްވެސް ބޭނުމެއް ނޫނެވެ. ވީމާ ދެން އެންމެ ރަނގަޅުވާނީ ތިބާގެ ނިންމުން ތަންފީޒުކޮށްފައި އަވަހަށް ގެއިން ނުކުމެގެން ދިއުމެވެ. އެނބުރިނުއަންނާނެކަމަށް އުންމީދުކުރަމެވެ."
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ދެކެވުނު ވާހަކަކޮޅެކެވެ. މިއަދުނޫހަށް ޙިއްޞާމިކުރަނީ މިވާހަކަކޮޅުން ކަމެއް ފާހަގަކޮށްލާށެވެ! އެއީ ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ކެތްތެރިވާނީ ވަކިވަރަކަށެވެ. ލޯތްބާއި އަޅައިލުން ނުލިބޭނަމަ ގޮތް ނިންމާނެއެވެ. ބައެއް އަންހެނުން އިސްވެ ވަރިއަށް ނުއެދެން ކެތްކޮށްފާނެއެވެ. ނަމަވެސް ވަކިވާން ލިބޭ ފުރުޞަތުގެ ބޭނުން އަވަހަށް ހިފާނެއެވެ.
އަނބިމީހާގެ ވާހަކަކޮޅުން އެނގެނީ މައްސަލަތަކެއް ޖެހުމުން ކަންކަން ރަނގަޅުކުރުވޭތޯ މަސައްކަތްތަކެއް ކުރިކަމެވެ. އާދޭސްވެސް ކުރިކަމެވެ. އެހެނަސް އަޅައިނުލައި ނިކަމެތިކޮށްލީކަމެވެ. އެހެންވެ ކެތްތެރިކަން ކޮޅުންލުމުން އޭނާހުރީ ވަކިވެވޭނެ ފުރުޞަތަކަށް ބަލަންކަމެވެ.
މިއީ މިފަދަ ޙާލަތުގައި ކަންތައް މެދުވެރިވާނެ ގޮތެވެ. ހެޔޮލަފާ އަނބިން އާދޭސްކުރާނީ ވަކިވަރަކަށެވެ. ޤަބޫލުނުކޮށްފިނަމަ ސަލާނަޖަހަމުން ފަހަތަކުން ނުހިނގާނެއެވެ. އެއީ ހަތަރު އުދަރެސް ފެނުނުޖެހޭނެކަމާއި ﷲ ގެ ރުހިވޮޑިގަތުން ލިބޭނެކަމުގެ ޔަޤީންކަން އޮންނާތީއެވެ.
- ފަޒީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް