އެންމެ ބޮޑު ޢަދާވާތްތެރިޔާ، ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށް ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެންމެ ބޮޑު ޢަދާވާތްތެރިޔާ، ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަން ލިބިގަތުމަށް ކުރަން އޮތް ދުޢާއެއް!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ ޝައިޠޯނާއަކީ މީސްތަކުންގެ މައްޗަށް ހުރި ޢަދުއްވަކުކަމުގައެވެ.  

ޝައިޠޯނާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާފައިވަނީ އެންމެ މީހަކުވެސް ދޫކޮށްނުލައި އެންމެ މަގުފުރައްދައި ނަރަކައަށް ވައްދަން މަސައްކަތްކުރާނެ ކަމަށެވެ. އޭތި އެދެންނެވިފަދައިން ގަދައަޅައި މަސައްކަތްކުރަމުން އެގެންދަނީ އެންމެން މަގުފުރައްދައި ނަރަކައަށް ވެއްދުވޭތޯއެވެ.  

ވީމާ މިއާޔަތުގައި އެވާ ދުޢާއަކީ ޝައިޔޯނާގެ ކިބައިން ރައްކައުތެރިކަމަށްއެދިގެން ވީހާ ގިނައިން ކުރަން އޮތް ދުޢާއެކެވެ.   

﴿رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ﴾ [سورة المؤمنون ٩٧]

﴿وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ﴾ [سورة المؤمنون ٩٨] 

މާނައީ: " މިއަޅާގެ ވެރިރައްބެވެ. ޝައިތާނުންގެ ވަސްވާސްތަކުގެ ނުބައިކަމުން މިއަޅާ އިނބަ ﷲގެ ރައްކާތެރިކަން ހޯދަމެވެ."

"އަދި އެސޮރުމެން މިއަޅާގެ ކައިރިޔަށް އައުމުންވެސް ރައްކާތެރިކަން ހޯދަމެވެ." 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން