ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި 140 ބައިވެރިން، އިންޓަވިއު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި 140 ބައިވެރިން، އިންޓަވިއު ފަށައިފި

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 160 ފަރާތަކުން ބައިވެރިވުމަށް އެދި ފޯމު ހުށައަޅައިފިއެވެ. ފޯމު ހުށައެޅި 160 ފަރާތުގެ ތެރެއިން މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާ 140 ފަރާތުގެ އިންޓަވިއު މިއަދު ވަނީ ފަށާފައެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ކުދިން ބައިވެރިވެފައިވާއިރު، މާލެއާއި އައްޑޫ ސިޓީ ފިޔަވާ އެހެން އަތޮޅުތަކުގައި ތިބި ކުދިންގެ އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ބައިވެރިވުމަށް ހއ. އިން 9، ހދ. 10، ށ. 11، ނ.15، ރ. 10، ބ. 4، ޅ. 7، ކ. (މާލެއާއެކު) 28، އއ. 5، އދ. 5، ވ. 1، މ. 8، ފ.1، ދ. 6، ތ. 10، ލ. 4، ގއ. 6، ގދ. 3، ޏ. 3، ސ. 14 ކުދިން ފޯމު ހުށައަޅާފައިވެއެވެ.

ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ އިސްލާމީކަންތައްތާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ. މި ޕްރޮގުރާމުގެ 4 ބުރު މިހާރު ނިމިފައިވާއިރު 621 ޒުވާން ޚަޠީބުން ތަމްރީން ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ޕްރޮގުރާމަކީ، ޒުވާން ޖީލަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ޚަޠީބުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ރަށްތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި ވުޒާރާއިން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

މިއަދު އޮންލައިން