2 އަހަރާ ބައެއްގެ ވާހަކަދައްކާއިރު އެމްޑީޕީގެ 5 އަހަރު ނިންމީ ޑޮލަރު ހަމައަގަށް ތިރިކޮށްފަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
2 އަހަރާ ބައެއްގެ ވާހަކަދައްކާއިރު އެމްޑީޕީގެ 5 އަހަރު ނިންމީ ޑޮލަރު ހަމައަގަށް ތިރިކޮށްފަތަ؟

ޑޮލަރުގެ އަގާއި ގުޅުވައިގެން ރައްޔިތުން ގުނބޯ ހައްދުވަން ދައްކާ ވާހަކަތަކަށް ވިސްނާލަން ބަލައިލަންޖެހޭނީ އެވަބާ ފުތުރި ގޮތާއި ފެތުރި މީހުންނަށެވެ.

ފުރަތަމަ ކަމަކީ ޑޮލަރުގެ އަގާއި ދެއަހަރާއި ބަޔާއި އަޅުވާ ދައްކާ ވާހަކައެވެ. ބައްލަވަ ތިއަ އެމްޑީޕީގެ 5 އަހަރު ނިންމަވައިލެއްވީ ޑޮލަރުގެ އަގު 15.42 އަށް ތިރިކުރައްވައި ބޭނުންވަރަކަށް ލިބޭނެ ގޮތް ގައްދަވައި ދެއްވާފައިތޯއެވެ؟ ނަމަކަށް ފިނޭންސް ކިޔަސް ވަކިކަމަކަށް ދަހިވެތިކަން ބޮޑުވެ މީހާގެ ސިކުނޑި ގޮވީމާ ކަންކަން ފެންނާނީ އެނުން މީހުންނަށް ކަންކަން ވިސްނޭނެ ގޮތަކަށް ނޫނެވެ. މޮޔައިންނަކީ އެމީހުން ދައްކަނީ މޮޔަވާހަކަ ކަމަށް ޤަބޫލުކުރާ ބައެއް ނޫންވީމާ މިފަދަ އަމީރުންތަކާ ކަމީރުންތަކާ ކަހީނުންތައް ގިނަވާނެއެވެ.

މިއީ މަޝްހޫރު ވާހަކައެކެވެ. ރާއްޖޭގެ ރައީސަކު ގުރައިދޫ މަރުކަޒަށް ވަޑައިގެންނެވުމުން މީހަކު ދެންނެވިއެވެ. : "ޢިއްޒަތްތެރި ރައީސް އެވެ. އަޅުގަނޑު މިހުރީ ފަރުވާ ނިމިގެންނެވެ. މިހާރު ބަރާބަރެވެ. މިތަނުގައި ހުންނަން މިޖެހެނީ ޢާއިލާއިން ޙަވާލުނުވެގެންނެވެ. 

ރައީސް އޭނާއަށް ވިދާޅުވީ މާލެވަޑައިގެން ތިއަކަން ބައްލަވައިދެއްވާނަމެވެ. ވިދާޅުވެފައި ކުރިއަށް ހިންގަވަން ފެށްޓެވުމުން ބިންމަތިން ގައުކޮޅެއް ނަގައި އެއްލައި ރައީސްގެ ބޮލުގައި ޖަހާފައި ބުންޏެވެ "މިހިރި ޅ އެވެ! މާލެދެވުނީމާ ހަނދާންކުރައްޗެވެ!" 

މިއަދު މިފެންނަނީ ހަމަ އެމީހާ ފަދަ މީހުންތަކެވެ. އެމީހުންނަށް ވިސްނޭ ގޮތުގައި އެމީހުންގެ ވިސްނުން ވަރަށް ކާމިޔާބެވެ.. ނަމަވެސް ހަޤީޤަތް ބިލީމާ ލިބޭނީ މއިނަސް ސުމެކެވެ.  

ޑޮލަރުގެ އަގު 12.42 ރުފިޔާއިން 15.42 ރުފިޔާއަށް އުފުލާފައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މިކުރެއްވި ކަމަކީ ޑޮލަރު ބޮލަށް ޖަހާފައި އިން މޮހޮރު ނައްޓައިލުން ކަމަށެވެ. ޑޮލަރު މިނިވަންވީ ކަމަށާއި ޑޮލަރު ދެން ލިބޭނެ ކަމަށެވެ.  

ހުރި ތަންތަނުގައި މިރެކޯޑިންގތައް ހުންނާނެއެވެ. ބައްލަވައިލެއްވީމާ ރަނގަޅުވާނެއެވެ. ފެނިވަޑައިގަންނަވާނެއެވެ. ޑޮލަރުގެ ބޮލުން ރައީސް ނަޝީދު މޮހޮރު ނައްޓުވައިލެއްވިއިރު ކަލުބާޒާރުގައި ޑޮލަރެއްގެ އަގުން ތަފާތުވަނީ (ބޮޑުވަނީ) ވަކިލާރިކޮޅެކެވެ. މިއަދު 6 ރުފިޔާއެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2 ދައުރުގައި އެމްޑީޕީން ވެރިކަން ކޮށްފިއެވެ.

ވީމާ ރައީސް ނަޝީދު ޑޮލަރަށް ދެއްވި މިނިވަންކަމުން ނުކުތަ ންތީޖާ މިއޮތީ ފެންނާށެވެ!  

ޑޮލަރުގެ އަގު ތިރިކުރަން ކުރަން އޮތީ 2 ކަމެކެވެ. އެއީ ޑްރަގް ވިޔަފާރިއާއި ގައިމޮޑެދިނުމާއި ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމެވެ. އިމެއް ނެތި މެޝިނަކުން ފައިސާ ޗާޕުކުރާ ގޮތަށް އެކަންކަން ކުރާމީހުންނަށް ކޮންމެ ދުވަހަކު ފައިސާ ލިބެމުންދާހައި ޑޮލަރުގެ އަގު ތިރިއެއް ނުވާނެއެވެ. 25 ރުފިޔާއަށް ޑޮލަރެއް ގަންނަންވެސް އެމީހުންނަށް ކުރާނެ އަސަރެއް ނެތީމައެވެ. އަސަރެއް ނުކުރާނެތީއެވެ.

އެކަންވިސްނި މިސަރުކާރުން އެކަންކަން ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތަކާއި މާލީ ވުޒާރާއިން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ދާދި އަވަހަށް ފެންނާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން