އެމްޓީސީސީއާއި ބީއެމްއެލްއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެމްޓީސީސީއާއި ބީއެމްއެލްއާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު ގުޅުން ބަދަހިކޮށް، ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ ފުރުޞަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބީއެމްއެލް މެދުވެރިކޮށް އެމްޓީސީސީއަށް ބޭނުންވާ ފައިނޭންސިންގ ސޮލިއުޝަންތައް ހޯދުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ސްޓާފް ހައުސިންގ ސްކީމެއް ތަޢާރަފުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ ފަރާތުން ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސައިން ނައުފަލް ނާޞިރު ބައިވެރިވެވަޑައިގެންނެވިއިރު، ބީއެމްއެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރ ޙަސަން ޝާމްއެވެ.

މިފަދަ މަޝްވަރާތަކުގެ ސަބަބުން ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި، ކުންފުނީގެ މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން