އޭއީއެޗުން "ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ލީޑަރޝިޕް އެންޑް ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އޭއީއެޗުން "ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ލީޑަރޝިޕް އެންޑް ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގާ "ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ލީޑަރޝިޕް އެންޑް ޓްރެއިނިންގ އޮފް ޓްރެއިނާސް" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮގްރާމަކީ ދެކުނުގެ ސަރަހައްދުގައި ދެވޭ ސިއްހީ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ތަމްރީން ޕްރޮގްރާމަކީ ދެކުނުގެ ސަރަހައްދުގެ ބަލިމީހުންގެ ރައްކާތެރިކަމާއި ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އޭއީއެޗުން ފާހަގަކުރެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާނެ "ޗެމްޕިއަން" ނެޓްވޯކެއް އުފައްދައި، އެ ފަރާތްތައް މެދުވެރިކޮށް އެކި ދާއިރާތަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އޭއީއެޗްގެ ކްލިނިކަލް އަދި ނޮން-ކްލިނިކަލް ދާއިރާތަކުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގެ މަންދޫބުން ހިމެނޭހެން 50 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މީގެ ސަބަބުން ހޮސްޕިޓަލުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ތަމްރީނުތައް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. އަޙުމަދު އަދީލް ނަސީރެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ބަލިމީހުންނަށް ދެވޭ ފަރުވާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ވަނީ "އޭއީއެޗް ޕޭޝަންޓް ސޭފްޓީ ޓްރެއިނިންގ އެންޑް ރިސޯސް މެނުއަލް - ޓުގެދަރ ޓުވާޑްސް ޒީރޯ އެވޮއިޑަބަލް ހާމް" ގެ ނަމުގައި ޚާއްސަ މެނުއަލްއެއްވެސް ނެރެފައެވެ. މި މެނުއަލްއަކީ ބަލިމީހުންނަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭނެ މުހިންމު ވަސީލަތެކެވެ.

މިއަދު އޮންލައިން