ބައެއް އަންހެނުން ކަމަށް ބުނާކަށް ނެތީމެވެ. ގިނަ އަންހެނުންނަށް ހެދޭ ބޮޑު ގޯހެއް ފާހަގަކޮށްލާނަމެވެ. ބައިވެރިޔާ އާއި މައްސަލަ ޖެހުމުން ލިބޭ މާޔޫސްކަމުގައި އަމިއްލަ ނަފުސަށް ފަރުވާކުޑަކުރުމެވެ.
އެގޮތަށް އެކަން ނުކުރާށެވެ! ފެންވަރައި ރީތިވެގެން އިންނާށެވެ! ޢާންމުކޮށް ކުރާ ހުރިހާ ކަމެއްވެސް ކުރަމުންގެންދާށެވެ. ކެއުމަށް ސަމާލުކަންދޭށެވެ. ކަސްރަތުވެސްކުރާށެވެ.
ރީތިވެ ނަލަހެދިގެން ނުއިނުމަކީ ފިރިން ފޫހިވާ ސަބަބެކެވެ. އެކަން ނުކުރާނަމަ ފިރިމީހާގެ ސަމާލުކަން ކުޑަވާނެއެވެ. އަދި އެކަމަށް ސަމާލުކަންދޭނަމަ ފިރިމީހާގެ ހިތް ތިބާގެ ކޮޅަށް ލެނބުމަށްވެސް ބާރަކަށްވެއެވެ.
އަމިއްލަ ނަފުސަށް ސަމާލުކަން އިތުރުކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކައިވެނި ރޫޅި އަލުން ޙަޔާތެއް ފަށަން ޖެހުނަސް ހިތްވަރާއިއެކު ކުރިމަތިލުމުގެ އެންމެ ބޮޑުބާރަކަށް އެކަންވާނެތީއެވެ. ވީމާ ޢިލްމްވެރިން އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ.
ހަމައެއާއިއެކު ދިރިއުޅުމަށް ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިމަތިވިޔަސް އަޅުކަންކުރުމަށް ދޭންޖެހޭ ސަމާލުކަންދޭންވާނެއެވެ. ޚާއްޞަކޮށް ރޭއަޅުކަމަށެވެ. ޖެހޭ މައްސަލަ ތިމާއަށް އެންމެ ފައިދާހުރި ގޮތަށް ކާމިޔާބުވުމުގެ ތަޅުދަނޑިއަކީ ރޭއަޅުކަންކޮށް ދުޢާކުރުމާއި ޛިކުރުކުރުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން