ލިބޭ މިންވަރަކުން އަނބިދަރިންނަށް ޚަރަދުކުރުމަކުން މަދެއް ނުވާނެ! އިން ޝާ ﷲ ބޮޑުތަނުން އިތުރުކޮށްދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ލިބޭ މިންވަރަކުން އަނބިދަރިންނަށް ޚަރަދުކުރުމަކުން މަދެއް ނުވާނެ! އިން ޝާ ﷲ ބޮޑުތަނުން އިތުރުކޮށްދެއްވަވާނެ!

އަނބިދަރިންނަށް ޚަރަދުކުރުމުގައިވެސް ދެގޮތެއް އޮވެއެވެ. އެއްގޮތަކީ ކޮންމެހެން ކުރަންނުޖެހޭ ޚަރަދުތަކެވެ. ލަސްކޮށްލިޔަސް ދެރައެއް ނުލިބޭނެ ކަންކަންވެސް ހުންނާނެއެވެ. ނަމަވެސް އަސާސީ ބޭނުންތައް ނުފުއްދައި ލަސްކުރަންޖެހޭނީ އެހެން ގޮތެއް ނެތިގެންނެވެ. މާނައަކީ ޚަރަދުކުރާނެ އެއްވެސް ފައިސާއެއް އަތުގައި ނެތުމުންނެވެ.  

އަނބިދަރިންނަށް ކުރާ ހޭދައަކީ ޞަދަޤާތެކެވެ. ހޭދަކުރިވަރަކަށް އިތުރުކޮށްދެއްވަވާނެވެ. ވީމާ އަތުގައި ހުރި ފައިސާކޮޅު އެކުގައި ޚަރަދުކުރަންވެސް ފަސްޖެހުމެއް ނެތެވެ.  

ކިޔުންތެރިންގެ ކިބައިން ލިބޭ ސުވާލުތަކަށްބަލައި މިގެނެސްދެނީ މިކަމުގައި އެންމެ ފައިދާ ބޮޑުވާނެ ގޮތް އެނގޭނެ ލިޔުމެކެވެ. އިން ޝާ ﷲ  

އަޅުގަނޑަކީ އެހާތަނަވަސް މީހެއް ނޫނެވެ. ވީމާ ޚަރަދުކުރަން ބޭނުންވާ ވަރަކަށް ޚަރަދެއް ނުކުރެވެއެވެ. ނަމަވެސް އަޅުގަނޑުގެ ފެންވަރުން އަބަދުވެސް ގެއަށް ކާބޯތަކެތި ވައްދަމެވެ. މަސައްކަތް ހުންނަ ގޮތުން އަޅުގަނޑަށް ގެއަށް ބާޒާރުނުކުރެވި 2،3 ދުވަސް ދިއަނަމަވެސް ދަތިނުވާނެ ވަރަށް އަބަދުވެސް ހުންނާނީ ކާބޯތަކެތި ޖަމާކޮށްދީފައެވެ.  

ޖީބު ހުސްކޮށްފައިވެސް އެކަން ކުރަމެވެ. ޖީބުހުސްކޮށްލާފައިވެސް ގެއަށް ބާޒާރުކުރާކަށް ޖެހިލުމެއް ނުވަމެވެ. އަދި އަނބިދަރިންގެ ބޭނުންތައް ފުއްދައިދޭކަށްވެސް ޖެހިލުމެއް ނުވަމެވެ. ސަބަބަކީ އަޅުގަނޑަށް ތަޖުރިބާކުރެވުނު ގޮތުގައި އެއީ ޖީބަށް ތަނަވަސްކަން އިތުރުވާ ކަމެކެވެ. އިން ޝާ ﷲ ހަމަ ޤައިމުވެސް އެކަން އަޅުގަނޑަށް ތަޖުރިބާކުރެވިފައިވަނީ އެގޮތަށެވެ.  

މިއީ ވަރަށް ފަހުން މީހަކު ބުނި ވާހަކައެކެވެ.  

އަނބިދަރިންނަށް ކާންދިނުމަކީ ޞަދަޤާތެކެވެ. އެމީހެއްގެ ފެންވަރުން ކޮންމެ ދުވަހަކުވެސް ވީހައި ރަނގަޅަކަށް ކާންދޭށެވެ! އެކަމުގެ ސަބަބުން އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ. ތަނަވަސްކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތަނަވަސްކަން ހުރި ނމަވެސް ރަނގަޅު ފެންވަރުގައި އަނބިދަރިންނަށް ކާންދިނުމަކީ ހަމައެކަނި ޢީދުދުވަހާއި ހުކުރު ދުވަހު ކުރަންޖެހޭ ކަމެއް ގޮތުގައެވެ. އެއީ ކުށްހީއެކެވެ. ޢީދު ދުވަހާއި ހުކުރުދުވަސް ފަދަ ޢާއިލާގެ އެންމެން އެކުގައި ގޭގައި ތިބޭ ދުވަސްތަކުގައި ޚާއްޞަކުރި ނަމަވެސް އަހުރެމެންނަށް އޮތީ ކޮންމެ ދުވަހަކުވެސް ވީހާ ރަނގަޅަކަށް އަނބިދަރިންނަށް ކާންދިނުމެވެ. އެކަމުން ކުރާ ފައިދާގެ ވާހަކަ ފަށަމުންވެސް ހާމަމިކުރީއެވެ.  

އަނބިދަރިންނަށް ކާންދިނުމުން ޞަދަޤާތް ދިންކަމަށްވާނެތކަން އެނގެނީ މި ހަދީޘްފުޅުންނެވެ.   

Al-Miqdam ibn Ma’dikarib reported: The Messenger of Allah, peace and blessings be upon him, said,  

“What you feed yourself is charity for you, what you feed your children is charity for you, what you feed your wife is charity for you, and what you feed your servant is charity for you.” 

Source: Musnad Aḥmad 16727  

މި ޙަދީޘްފުޅުން އެނގެނީ އެމީހާ ކާތަކެތި އެމީހާއަށް ޞަދަޤާތަކަށްވާނެ ކަމެވެ. އަދި އަނބިދަރިންނަށާއި ގެންގުޅޭ ނޯކަރުންނަށް ކާންދިނުމަކީ ވެސް ޞަދަޤާތަކަށްވާނެ ކަމެވެ. 

ވީމާ އަނބިދަރިންގެ އިތުރުން ގެންގުޅޭ ނޯކަރުންނަށްވެސް ވީހާ ރަނގަޅަކަށް ކާންދޭށެވެ! އެކަމުގެ ސަބަބުން ތިބާއަށް ރިޒުޤް އިތުރުކޮށްދެއްވަވާނެތެވެ. ތަނަވަސްކަންވެސް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން      

 

މިއަދު އޮންލައިން