ފުރަތަމަވެސް ބުނެލަން އޮތީ މިހާރު އެންމެ ބޮޑަށް ޢާންމުވެފައިވާ އެއްކަންތަކެވެ. އެއީ ހިތުގައި ޙަސަދަލައިގެންހުރެ އެކަން ފޮރުވައި ހެޔޮއެދޭކަމަށް ދައްކައިގެން އުޅުމެވެ. އެއިރުން އެވެވެނީ މުނާފިޤަކަށެވެ. ދެމޫނުގެ ވެރިއަކަށެވެ. އެހެންވެ އެކަމުގެ ހުރި ނުބައިކަމުގެ ބޮޑުކަމަށް ބަލައިލަމާ ހިނގާށެވެ!
ދެމޫނުގެ ވެރިނަނަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ދެމޫނުގެ ވެރިން ކިޔައި އުޅެނީ އެއްކަމެއްގައި އެކިފަހަރު، އެކިމީހުންގެ ގާތުގައި، އެކި ތަންތަނުގައި ތަފާތުކޮށް ވާހަކަދައްކާ މީހުންނަށެވެ. އަދި ހިތުގައި ޙަސަދަލައިގެން ހުރެ ހެޔޮއެދޭކަމަށް ދައްކައިގެން އުޅުމަކީވެސް ދެމޫނުގެވެރިންގެ ސިފައެކެވެ. މިއެންމެންނަކީވެސް މުނާފިޤުންގެ ތެރެއިން ހިމެނިގެންވާ ބައެކެވެ.
އެފަދަ މީހުންގެ ދުލާއި ޤަލަމަކު އެއްވެސް ބުރަދަނެއް ނުހުންނާނެއެވެ. މާނައަކީ އެމީހުން ދައްކާ ވާހަކައިގައި އެއްވެސް މިޞްރާބެއް ނުހުންނާނެއެވެ. އަދި އޮށްޓަރެއްވެސް ނުހުންނާނެއެވެ. އެފަހަރަކު ބޭނުންވާ ގޮތަކަށް ކަންކަން އަނބުރައިގެން ވާހަކަދައްކާނެއެވެ. ލިޔުންތައްވެސް ލިޔާނެއެވެ.
މިފަދަ މީހުން ދީނުގެ ވާހަކައެއް ދެއްކިނަމަވެސް ޤުރްއާނާއި ޙަދީޘަށް ރިޢާޔަތްކުރުމުގެ ބަދަލުގައި ނެރޭނީ އަމިއްލަ ޙުކުމްތަކެވެ. ރިޢާޔަތް ކުރާނީ ކޮންމެވެސް މީހަކު ބުނެފައިވާ ބަސްތަކަށެވެ. ކޮންމެވެސް ބޭކަލަކަށް ފެނިލެއްވި ކަމަށް ބުނާ ހުވަފެން ފަދަ ކަންކަމަށެވެ.
މީސްތަކުންނޭވެ! ސުވަރުގޭގައި މީހާގެ ދަރަޖަ މަތިވެރިވުމުން އުފުއްލަވަނީ މަތީ ކަޅިވައްތަކަށެވެ. ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބު ލިބޭނެ ބައަކީ އެންމެ އަޑީ ވަތްގަނޑުތަކުގައި ތިބޭ މީހުންނެވެ. މުނާފިޤުންވާހުށީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައި އެންމެ ގަދަފަދަ ޢަޛާބުގައެވެ. އެބައިމީޙުންނަށް އެއްވެސް އެހީތެރިއަކު ނުވެއެވެ. ނުވެސްވާނެއެވެ.
Verily, the hypocrites will be in the lowest depth (grade) of the Fire; no helper will you find for the
[al-Nisaa’ 4:145]
"ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ".
(އައްނިސާ: 145)
ކަންއޮތީ މިމަގުންނެވެ. ވީމާ ތިމާއަށް ކިތަންމެ ބޮޑު މަންފާއެއް ކުރާނެ ކަމެއްގައިވެސް ދެމޫނުގެ ވެރިއަކަށް ނުވާށެވެ!
ގުޅުންހުރި ލިޔުމެއް:
https://islamqa.info/en/answers/12387/the-danger-of-hypocrisy