މިއީ ކައިވެނި ކާމިޔާބުކުރަން ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަން ދޭންޖެހޭނެ ދެކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
މިއީ ކައިވެނި ކާމިޔާބުކުރަން ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަން ދޭންޖެހޭނެ ދެކަމެއް!

"މަންމާ ޙާލު ކިހިނެއްތަ؟"

"ޙާލު ރަނގަޅު! ކޮން އިރަކުންތަ މަންމައަށް ފެނިލަން އަންނަނީ؟"

"ލަހެއް ނުވެ އެބަދަން!"

"އަވަހަށް އަންނާތި! ނުފެނި ލަސްވުމަކީ ވަރަށް ބޮޑު ވޭނެއް!" 

މިއީ ދަރިފުޅާއި މަންމައާއި ދެމެދުގައި ދެކެވުނު ވާހަކަކޮޅެކެވެ. އަނބިމީހާއަށް އަޑުއިވުނީ ފަހު ދެޖުމުލައެވެ. އައި ރުޅީގައި ބުނެވުނެވެ.

"ތިބާއަހުރެންނަށް މަކަރުހަދަނީތާއެވެ! އަހުރެންވެސް ތިބާއަށް މަކަރުހަދަނީ ތިބާ މަކަރުހަދާކަން އެނގޭތީއެވެ.  

ފިރިމީހާއަށް ބުނެވުނެވެ!

"ތިބާ އަހުރެންނަށް މަކަރުހަދަނީތާއެވެ! އެކަމަށް އިޢުތިރާފްވީތީ ޝުކުރުވެރިވަމެވެ. ވަރިވެސް ކޮށްފީމެވެ. އަވަހަށް ގެއިން ނުކުމެގެންދާށެވެ! އެކަމަކު ބުނަންހެއްޔެވެ؟ މިއޮތީ ފޯނެވެ. ގުޅި ނަންބަރުބަލާށެވެ! އަހުރެން ވާހަކަ ދެއްކީ މަންމައާއިއެވެ."  

މިއީ ސޯޝަލް މީޑިއާއިން އަޑުއިވުނު ވާހަކަކޮޅެކެވެ. ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ފުރަތަމަ ކަމަކީ ކަމެއް ދިމާވާއިރަށް ޙަޤީޤަތް ނުބަލައި އަވަހަށް ގޮތް ނިންމުމުގެ ނަތީޖާއެވެ. ދެވަނަ ކަމަކީ ބޭވަފާތެރިވާނަމަ އެކަން ފަޅާއަރާނެކަމެވެ. އެކަމުގެ އަދަބާއިވެސް ކުރިމަތިލާންޖެހޭނެ ކަމެވެ.  

މިދެކަންތަކަކީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ދެކަމެކެވެ. ވީމާ ހަަމ ބުނެލީއެވެ!

 

- ޝިފޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން