އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެނީ، ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް: ޑރ.ޝާހު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެނީ، ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް: ޑރ.ޝާހު

ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްޙީ އާލާތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، އެ ކުންފުނީގެ މައިގަނޑު ޒިންމާއަކީ ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްޙީ އާލާތްތައް ގަނޑުކޮށް ގަނެ، ރައްޔިތުންނަށް އެތަކެތި ފޯރުކޮށްދިނުން ކަމަށެވެ. ބޭހުގެ ދަތިކަމަކީ ޒަމާނުއްސުރެ ހައްލެއް ބޭނުންވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި، އެކަމަށް ވަށައިޖެހޭ ދާއިމީ ހައްލެއް ގެނައުމަށް ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ސްޓޮކް މެނޭޖްމަންޓާއި ސަޕްލައި ޗެއިން މެނޭޖްމަންޓް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ޑިޖިޓަލް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ރާއްޖެއިން ނުލިބޭ ބޭސްތައް ޕްރިސްކްރިޕްޝަނަށް އޯޑަރުކޮށްގެން ގެނައި ނަމަވެސް، ކުރިއަށް އޮތްތަނުގައި ދުރާލާ ފޯކާސްޓް ހަދައި، އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހަށް ބޭނުންވާ ވަރަށް ބޭސް އެތެރެކުރުމަށް ވަނީ ރޭވިފައެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، ވިޔަފާރީގެ ނަފާ އިތުރުކުރުމަށްވުރެ ބޮޑަށް، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބޭހެއް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކުންފުނީގެ އެންމެ މުހިންމު މަޤްޞަދު ކަމަށެވެ.

މިއަދު އޮންލައިން