އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ ނިޒާމާއި ގަސް އިންދުމުގެ މަޝްރޫއާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަނގޮޅިތީމުގެ ފެނާއި ނަރުދަމާގެ ނިޒާމާއި ގަސް އިންދުމުގެ މަޝްރޫއާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން މަޝްވަރާކޮށްފި

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ރ. އަނގޮޅިތީމު ކައުންސިލާ ބައްދަލުކޮށް، އެ ރަށުގެ ތަރައްގީއަށް މުހިންމު ކަންތައްތަކަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އަނގޮޅިތީމުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގައި ހުރި ދަތިތައް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވާފައިވާ "5 މިލިއަން ގަސް" އިންދުމުގެ ގައުމީ މަޝްރޫއު އަނގޮޅިތީމުގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ވާހަކަދެކެވިފައެވެ. މިގޮތުން، މި މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި، ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީތަކާ ބެހޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން