ދަނޑުވެރި މަންފާ ގްރާންޓް ސްކީމުގެ މައުލޫމާތު ސެޝަންތައް އުތުރުގެ ތިން އަތޮޅުގައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ދަނޑުވެރި މަންފާ ގްރާންޓް ސްކީމުގެ މައުލޫމާތު ސެޝަންތައް އުތުރުގެ ތިން އަތޮޅުގައި

ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދަނޑުވެރިންނަށް ކުރިޔަށްދާނެ މަގުތައް، އަންނަނީ ސަރުކާރުން ތަނަވަސް ކޮށްދެމުންނެވެ. އެގޮތުން މޯލްޑިވެސް އެގްރިބިޒްނެސް ޕްރޮގްރާމް(މެޕް) އިން ވަނީ، ހއ،ހދ އަދި ށ ގެ ރަށްތަކުގެ ދަނޑުވެރިންނަށް އަމާޒުކޮށް. ދަނޑުވެރި މަންފާ ގްރާންޓް ސްކީމެއް ހުޅުވާލާފައެވެ.

އެސްއެމްއީ ޑިޖިޓަލް އާއި ގުޅިގެން ހުޅުވާލި މި ސްކީމްގެ މައުލޫމާތު ދިނުމުގެ ސިލްސިލާއެއް މިހާރު ވަނީ އެ ތިން އަތޮލުގައި ފަށާފައެވެ. މެޕް ޕޮރޮޖެކްޓްގެ ޓީމާއިއެކު އެސްއެމްއީ ޑިޖިޓަލްގެ ޓީމުވެސް މި ސެޝަންތަކުގައި ބައިވެރިވާއިރު، މި ޝެޝަންތަކުގެ ތެރެއިން ށަވިއަނީގެ ރަށްތަކަށް ސެޝަން ކުރިއަށް ގެންދިޔައީ ށ. ގޮއިދޫގައެވެ. އަދި ހދ އަތޮޅުގެ ރަށްތަކުގެ ސެޝަން އެއަތޮޅު ވައިކަރަދޫގައި ކުރިޔަށް ގެންދެވިފައިވާއިރު، ހއ ގެ ރަށްތަކަށް އަމާޒުކޮށްގެން ސެޝަންތައް ކުރިޔަށް ގެންދަނީ ހދ. ހަނިމާދޫގައެވެ.

ސެޝަންތަކުގައި ރަށްތަކުގެ ފޯކަލްޕޮއިންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތައް ބައިވެރިވަފައިވާއިރު ކޮންމެ ސެޝަނެއްގައި 25 ހާއި 30 ހާއި ދެމެދުގެ އަދަދަކަށް ބައިވެރިން، ޝާމިލްވެފައިވެއެވެ.

މެޕް ޕްރޮޖެކްޓްގެ ފާރާތުން ވަނީ އުތުރުގެ ތިން އަތޮޅުގައި ޒަމާނީ ދަނދުވެރިކަން ތައާރަފްކޮށް، 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމްކޮށްފައެވެ. އަދި އެ ގްރީން ހައުސްތަކުން އެރަށްތަކުގެ ދަނޑުވެރިން އަންނަނީ ތަކެތި ހައްދައި، ކާމިޔާބުކަމާއިއެކު ބާޒާރަށް ނެރެމުންނެވެ.

މިއަދު އޮންލައިން