ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ. މި މަހާސިންތާއަކީ ޒުވާން ޚަޠީބުން ތަމްރީނުކޮށް، ދީނީ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މީގެކުރިން އިޢުލާންކޮށްފައިވަނީ، މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ހިނގާ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ވީހާވެސް ގިނަ ޒުވާނުންނަށް މި ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިހާރު ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައެވެ.

ޒުވާން ޚަޠީބުންގެ މަހާސިންތާ ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަހާސިންތާގެ ތެރެއިން ޚަޠީބުންނަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ހުކުރު ޚުޠުބާ ކިޔުމުގެ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މިސްކިތްތަކުގެ މިންބަރުތަކަށް ޒުވާނުން ނެރުމަށްޓަކައި ކުރިއަށްގެންދާ ޚާއްޞަ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގައި ހުކުރު ކުރާނެ ޒުވާން ޚަޠީބުން އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން