ބަލިމީހުން ފޮނުވުން މެދުކަނޑާލި ނަމަވެސް އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހިންނަށް އެޚިދުމަތް ލިބޭނެ: އާސަންދަ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ބަލިމީހުން ފޮނުވުން މެދުކަނޑާލި ނަމަވެސް އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހިންނަށް އެޚިދުމަތް ލިބޭނެ: އާސަންދަ

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލިމީހުން ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، މިހާރު އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހި ބަލިމީހުންނަށް އެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން އާސަންދަ ކުންފުނިން ދީފިއެވެ.

އަމްރިތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އާންމުކޮށް ގޮސްއުޅޭ ހޮސްޕިޓަލެކެވެ. އާސަންދަ ކުންފުނިން ވިދާޅުވީ، މި ވަގުތަށް އައު ޕޭޝެންޓުން ފޮނުވުން މެދުކަނޑާލާފައި އޮތް ނަމަވެސް، މިހާރު ވެސް އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލިމީހުންނަށް އޮންނަ އުސޫލުގެ ތެރެއިން އާސަންދައިގެ ޚިދުމަތް ލިބޭނެތީ އެކަމުގައި ކަންބޮޑުވުމެއް ނެތް ކަމަށެވެ.

އާސަންދައިން އިތުރަށް ހާމަކުރި ގޮތުގައި، އައު ބަލިމީހުން ފޮނުވުމަށްޓަކައި އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. "އައު ބަލިމީހުން ފޮނުވުމަށްޓަކައި އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން" ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މި އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަލުން ބަލިމީހުން ފޮނުވަން ފެށޭނެ ވަކި ތާރީޚެއް އާސަންދަ ކުންފުނިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މި ބަދަލަކީ ހަމައެކަނި އަލަށް ފޮނުވާ ބަލިމީހުންނަށް އައި ބަދަލެއްކަން އެ ކުންފުނިން ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން