އީމާންކަން ވަރުގަދަވުމުގެ އިތުރަށް ޙަޔާތުގެ ބައިވެރިޔާއަށް ވަފާތެރިވުމާއި ލޯތްބާއި ކުލުނު ހިތުގަ ހަރުލެއްވުމަށްޓަކާވެސް މިދުޢާކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އީމާންކަން ވަރުގަދަވުމުގެ އިތުރަށް ޙަޔާތުގެ ބައިވެރިޔާއަށް ވަފާތެރިވުމާއި ލޯތްބާއި ކުލުނު ހިތުގަ ހަރުލެއްވުމަށްޓަކާވެސް މިދުޢާކުރައްވާ!

އަހަރެމެންނަށް މިއަދު ޖެހިފައިވާ އެންމެ ބޮޑު މުޞީބާތަކީ ހިތްތަކުގެ ޠޯހިރުކަން ގެއްލި ނަޖިސްވެފައިވުމެވެ. ޢާއިލީ މައްސަލަތައް ކުރިމަތިވުމާއި ފާފަކުރެވުން ގިނަވުމާއި މިފަދަ ހުރިހާ މައްސަލަތަކެއް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.  

ހިތްތައް ނަޖިސްވީމާ އީމާންކަން ގެއްލިގެންދަނީއެވެ. އީމާންކަން ހިތުން ފިލައިދިއުމުން ހުރިހާ ނުބައިކަމެއް ކުރެވެނީއެވެ. ރަނގަޅު ގޮތް ނުވެސް ވިސްނެނީއެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވެނީއެވެ. އަދި ޙަޔާތުގެ ބައިވެރިޔާއަށް ވަފާތެރިވުމާއި ލޯތްބާއި ކުލުނުވެސް ހިތުން ފިލައިގެންދަނީއެވެ.  

ވީމާ ސުންނަތުގައިވާފަދައިން މިދުޢާކުރާށެވެ!  

اللهم حبب إلينا الإيمان وزينه في قلوبنا،

 و كره إلينا الكفر و الفسوق و العصيان،

 و اجعلنا من الراشدين 

މީޑިއާ

ދުޢާގައި އެކުލެވިގެންވާ މާނައީ: ޔާ ﷲ! އަޅަމެންނަށް އީމާންކަމަކީ ލޮބުވެތި އެއްޗެއްކަމުގައި ލައްވަވައިފާނދޭވެ. އަދި އަލަމެންގެ ހިތްތައް ޒީނަތްތެރިކުރުވަނިވި އެއްޗެއްކަމުގައި އީމާންކަން ލައްވަވައިފާނދޭވެ.

ކާފިރުކަމާ ފާސިޤުކަމާ އުރެދުމަކީ އަޅަމެން ނަފުރަތުކުރަނިވި ކަންކަންކަމުގައި ލައްވަވާފާނދޭވެ

އަދި ހެޔޮ ވިސްނޭ މީހުންގެ ތެރެއިން އަޅަމެން ލައްވަވައިފާނދޭވެ!

(ދުޢާގެ މާނަ: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު)

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން