ޔާ ﷲ! މިއަޅާގެ ޙަޔާތަށް އިރުއަރާ ކޮންމެ ދުވަހަކީވެސް އިނބަ ﷲ އާ އިތުރަށް ކުށްތަންވެވޭ ދުވަހެއް ކަމުގަ ލައްވަވާނދޭވެ! އަދި ކޮންމެ ދުވަހަކީވެސް ވީހާ ގިަނއިން ހެޔޮކަންތައް ކުރުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާ ދުވަހެއް ކަމުގައި ލައްވަވާނދޭވެ! އަދި އިނބަ ﷲ ގެ ރަޙުމަތް މިއަޅާއަށް އިތުރުކުރައްވަވާ ދުވަހެއް ކަމުގައިވެސް ލައްވަވާނދޭވެ! އާމީން.
ކިއީ ކޮންމެ ދުވަހަކުވެސް ދުވަސް ފަށަމުން ކުރަންޖެހޭ ދުޢާއެކެވެ. ކޮންމެ ދުވަހަކުވެސް އިރުއަރައި އޮއްސެމުންދަނީއެވެ. ދުވަސްތައް ފާއިތުވަމުންދަނީއެވެ. ޢުމުރުގެ ދުވަސްތައް ފާއިތުވަމުންދަނީއެވެ.
ﷲ ތައާލާއާއި އިތުރަށް ކުއްތަންވުމަށް އެބަ މަސައްކަތެއް ކުރެވޭހެއްޔެވެ؟ ކުރުމާއި ނުކުރުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. ކުރިޔަސް ނުކުރިޔަސް ދުވަސްތައް ފާއިތުވަމުންދާނެއެވެ. ޢުމުރު ހަމަވުމުން މަރުވާނެއެވެ.
މިއީ ހަނދުމަކޮށްލައި ދިނުމެކެވެ. ކޮންމެ ދުވަހަކީވެސް ހެޔޮ ޢަމަލުތައް ކުރުން އިތުރުކޮށް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެވޭ ދުވަހަކަށް ހެދުމަށެވެ. މަރަށް ތައްޔާރުވުމަކީއެއީއެވެ.